ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Aug 2024 | 14:02
މާލޭގެ އުތުރުފަރާތުން ބޭރުމަގު ފުޅާކުރުން މިނިސްޓްރީން ބަޖެޓްކޮށްގެން ކުރިއަށްގެންދާނެ: ރައީސް ޑރ.މުޢިއްޒު

މާލޭގެ އުތުރުފަރާތުން ބޭރުމަގު ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ބަޖެޓްކޮށްގެން ކުރިއަށްގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއިއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ އިތުރުން މާލެއަށް ދިމާވެފައިވާ ދެން އެންމެ ބޮޑު މައްސަލަ އަކީ މަގުތަކުގެ މައްސަލަ ކަމަށެވެ. 

ޗައިނާ ސަރުކާރުން ދިން ހިލޭ އެހީ ދެކަމަކަށް ހޭދަކުރަން ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އޭގެތެރެއިން އެއްކަމަކީ މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ހެދުން ކަމަށެވެ. އަދި އަނެއްކަމަކީ ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"މާލޭގެ ހުރިހާ މަގެއް މިހެދެނީ ބިމުގެ އަޑީގައި މިހިރަ ފެނާއި ނަރުދަމާ އާއި، ކަރަންޓާއި އެކިކަހަލަ ސާވިސް ކޭބަލްތައް، ޑޭޓާ ކޭބަލް ތައް ވިޔަސް ބިމު އަޑީގައި މިހިރަ ނެޓްވޯކްވެސް އާކުރެވި ނޫނިއްޔާ ތަރުތީބު ކުރެވިގެންދާ ގޮތަކަށް ދެން މަގުތައް ހަދާ ނިމިގެން އަލުން އެކިކަހަލަ ބޭނުންތަކަށް ރޫޅާލަން ޖެހޭ ވަރު މަދު ގޮތަކަށް ޕްރޮވިޝަންސް ތައް ލިބިގެން އިރާދަކުރެއްވިއްޔާ،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މި މަޝްރޫއުގައި ނުހިމެނި އޮންނާނީ މާލޭގެ އުތުރުފަރާތުން ބޭރުމަގު ފުޅާ ކުރުމުގެ ބައި އެކަނި ކަމަށެވެ. އެކަން ހައުސިން މިނިސްޓްރީން ބަޖެޓް ކޮށްގެން ވަކި މަޝްރޫއުއެއްގެ ގޮތުގައި، އެ މަގު ފުޅާ ކުރަން ޖެހޭ ވަރަށް ފުޅާކޮށް ތޮށިލުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ގެދޮރުގެ މައްސަލައިގައި ވެސް ކައުންސިލްގެ ބައިވެރިވުން އޮންނަ ފަދައިން މި މަޝްރޫއުގައި ވެސް ކައުންސިލްގެ ބައިވެރިވުން އޮންނާނެކަން ރައީސް ޑރ.މުޢިއްޒު ވަނީ މާލެސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.