ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Aug 2024 | 16:35
ފުލެޓު ލިސްޓު ރިވިއުކުރަން ކައުންސިލް ހިމެނޭ ކޮމިޓީއެއް އެކުލަވައިލަން ރައީސް ޑރ.މުޢިއްޒު ނިންމަވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއުކުރުމުގައި ހައުސިން މިނިސްޓްރީއާ އެކު މަސައްކަތްކުރަން މާލެ ސިޓީގެ ކައުންސިލަރުން ހިމެނޭ ކޮމިޓީއެއް އެކުލަވައިލަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ނިންމަވާފައިވާކަން އިއުލާނުކޮށްފައިވަނީ މިއަދު މާލެ ސިޓި ކައުންސިލާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މިގޮތުން މި ބައްދަލުވުމުގެ ތެރެއިން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވަނީ ފުލެޓު ލިސްޓު ރިވިއުކުރުމަށް ފަހު، ހައްގު ނޫން އެއްވެސް މީހަކަށް ލިބިގެން ނުވާނެ ކަމަށާއި،  އެ ލިސްޓު ރިވިއުކުރުމުގައި ސިޓި ކައުންސިލްގެ އޮބްޒާވިން މެންބަރެއް ބައިވެރިވާން ޖެހޭނެކަމަށް ވިދާޅުވެފައެވެ.

ސައިފްގެ ވާހަކައަށް ރައްދު ދެއްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މާލެ ސިޓީގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރެވޭނީ ރައްޔިތުން ފަރާތުން ހޮވާފައި އޮތް ކައުންސިލްގެ ދައުރު އޮވެގެންކަމަށެވެ. އެކަމަށްޓަކައި،ކުރީގެ ފުލެޓު ލިބޭނެ ކަމަށް އިއުލާނުކޮށްފައި އޮތް ލިސްޓު އިވެލުއޭޓްކުރުމުގެ މަރުހަލާގައި ކައުންސިލަރުން ހިމެނޭހެން ކުރިއަށް ގެންދިޔުމަށް އަންގަވާފައިވާނެ ކަމަށެވެ.

"މިހާރު ހިނގަމުންދާ ކުރީގެ ފުލެޓު ލިބޭނެ ކަމަށް އިއުލާނުކޮށްފައި އޮތް ލިސްޓު އިވެލުއޭޓްކުރުމުގެ މަރުހަލާގައި ދެންމެ ސައިފް ތި ވިދާޅުވި ގޮތަށް ގެންދަން އޮންނާނީ ސަރުކާރުން ކައުންސިލަށް ދަންނަވާފައި. އަޅުގަނޑު އެދުނިން ކައުންސިލްގެ ފަރާތުން ކައުންސިލާސް ކޮމިޓީއެއް ނަންގަވާފައި ތި ވިދާޅުވި ޕްރޮސެސްގައި ބައިވެރިކޮށްގެނޭ ދާންވާނީ،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ފުލެޓުތައް ލިބެންވާނީ ޕޮއިންޓު ދޭ ނިޒާމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުންނަށް ކަމަށާއި މާލޭގެ ރައްޔިތުންގެ ފަރާތުން ހޮވާފައި ތިއްބެވި ކައުންސިލަރުންނަށް އެކަން ހިނގާ ގޮތް އެނގެން ޖެހޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.