ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ރައީސް ޑރ.މުޢިއްޒު ވާހަކަފުޅު ދެއްކެވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Aug 2024 | 14:48
ޒުވާނުނަށް ބަސް ނުބުނެވޭނެ ކަމެއް ނޯންނާނެ: ރައީސް

ދިވެހި ޒުވާނުނަށް ބަސް ނުބުނެވޭނެކަމެއް އަދުގެ ސަރުކާރުގައި ނޯންނާނޭ ކަމަށާއި، ޤައުމީ ލަފާދޭ ކޮމިޓީން ހުށަހަޅާ ކަންކަން ބަލައިގަންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ މިއަދު އިފްތިތާހްކުރުމަށްފަހު ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ޒުވާނުންގެ ފަރާތުން ދައުލަތް ހިންގުމުގައި އަދި ދައުލަތުގެ އެހެނިހެން ކަންކަން ބައްޓަން ކުރުމުގައި ބަސް އިއްވައި، އެމަނިކުފާނަށް ލަފާދޭ ކޮމިޓީއެއް އުފެދިގެން އައުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ދިވެހި ރާއްޖޭގެ އިމުގެ ތެރޭގައި ހިނގާ ކޮންމެ ކަމެއްގައިއާއި، އެމަނިކުފާނުގެ ގާނޫނީ ޒިންމާ އަދާކުރުމުގައި އެ ކޮމިޓީން ލަފާދެއްވޭނެ ކަމަށެވެ. އަދި މިނިވަން ހިޔާލުގައި، ވަކި ވިސްނުމެއް ނެތި، އެހެން މީހަކު ވަކި ގޮތަކަށް ކަމެއް ކުރަން ބުނެފައިނުވާ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު އެ ކޮމިޓީގެ މެމްބަރުންނަށް އޮތްކަން ރައީސް ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.

ގައުމުގެ އާބާދީގެ އެންމެ ބޮޑު އިއްސަތައެއް ހިއްސާ ކުރަނީ ޒުވާނުންކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ޒުވާނުންގެ ފަރާތުން ގައުމުގެ ކަންކަމާއި މެދު ބަސް އިއްވުމަކީ ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ. 

އަޅުގަނޑުދޭ ޔަގީންކަމަކީ މިގޮތަށް އަޅުގަނޑަށް ހުށަހަޅާ ކަންކަން އަޅުގަނޑު ބަލައިގަންނާނަމޭ. އިރާދަކުރެއްވިއްޔާ ވީވަރަކުން އެންމެ ރަނގަޅަކަށް އެކަންކަން ރާއްޖޭގައި ތަންފީޒު ކުރުމަށް ކަންކަން ފަހި ކުރާނަން"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިއީ ވަރަށް ހަރަކާތްތެރި ކަމާއި އެކު ބިނާކުރަނިވި މަސައްކަތްތަކެއް ލިބޭ ފުރުސަތެއްކަން ރައީސް ޑރ.މުޢިއްޒު ވަނީ ހަނދުމަކޮށްދެއްވާފައެވެ. އަދި ހުރިހާކަމަކަށް ވެސް ހިޔާލުދެއްވުމަށް ވެސް ކޮމިޓީގެ މެމްބަރުންގެ ކިބައިން ރައީސް ޑރ.މުޢިއްޒު އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.