"ރޮބޯމޭން - ދަމޯވީ" ގެ ޕޯސްޓަރު ދައްކާލުމުގެ ހަފްލާގެ ތެރެއިން--
ލައިފްސްޓައިލް
12 Aug 2024 | 15:27
"ރޮބޯމޭން – ދަ މޫވީ" ގެ ޕޯސްޓަރު ދައްކާލައިފި

އޯކޭޒް އިންކް އާއި މީޑިއާނެޓް ގުޅިގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ އާ ޕްރޮޖެކްޓް "ރޮބޮމޭން- ދަ މޫވީ" ގެ ޕޯސްޓަރު ދައްކާލައިފިއެވެ.

މިއީ މަހުދީގެ އުފެއްދުންތެރި ސްކްރީން ޕްލޭގެ މައްޗަށް ބިނާ ކޮށް އުފައްދާ ފިލްމެެކެވެ.

ރާއްޖޭގެ ކުދި ބޮޑު އެންމެންގެ ލޯބި ހޯދާފައިވާ ރޮބޮމޭން ކެރެކްޓާގެ މައްޗަށް ބިނާކޮށް ކެންޑި އާއި މުންކޯ ޑައިރެކްޓް ކުރާ މި ފިލްމަކީ ފޯރިގަދަ ފިކްޝަނަލް އެޑްވެންޗަރ އެއް ހިމެނޭ، ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އެކަށީގެންވާ ގޮތަށް އުފައްދާ ފިލްމެެކެވެ.

މި ފިލްމުގެ ޕޯސްޓަރު ދައްކާލުމަށް އަންގާރަދުވަހުގެ ރޭ ވަނީ ވައިޓް ރޫފްޓޮޕްގައި ފިލްމީދާއިރާގެ މަގްބޫލު ގިނަ ތަރިންތަކެއްތަކަކާއި އެކު ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި 100 އަށްވުރެ ގިނަ ކުދިންނާއެކު ކުރިއަށް ދިޔަ އޮޑިޝަންތަކަށް ފަހު ރޮބޯމޭން އާއި އެކު މިފިލްމުގައި އިސްރޯލުތަކުގައި އެކްޓުކުރުމަށް ހޮވުނު ދެކުދިން ކަމަށްވާ  އަމީލިއާ ނަސްރުﷲ ޝަކީބު އަދި މިޝާ އިސްމާއިލް ނިޔާޒް ވެސް ވަނީ ފެނިފައެވެ.

މި ދެކުދިންގެ އިތުރުންވެސް އެކި ރޯލުތަކުން ގިނަ ކުދިންތަކެއް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމުގައި ކެމިއޯ ރޯލުތަކުން ފެނިގެންދާ ފިލްމީ ދާއިރާ ގެ ފުންނާބު އުސް ދެ ފަންނާނުންކަމަށްވާ  މަރިޔަމް އައްޒަ އަދި ރަވީ ފާރޫގް، މި ހަފްލާގެ ތެރެއިން ޕްރޮޖެކްޓް އެގްރީމަންޓްގައި ސޮއިކޮށްފައިވާއިރު، ފިލްމުގައި ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތައް ވެސް ވަނީ މި ހަފްލާގެ ތެރެއިން ސޮއިކޮށްފައެވެ.

 ޙަފްލާގެ ބައިވެރިންނަށް މި ފިލްމުގެ ޙާއްސަ ޓީޒަރ ޓްރެއިލާރ އެއް ދައްކާލާފައިވާއިރު، މި ފިލްމުގެ އެންމެ ފަހުގެ އަޕްޑޭޓްތައް "ރޮބޯމޭން – ދަ މޫވީ" އިންޓްސްޓަގްރާމް ޕޭޖުން ފެންނާނެއެވެ.

 26 ސެޕްޓެމްބަރު 2024 ގައި  އޮލިމްޕަސް ސްކްރީނުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމް މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް ޓީވީ އަދި ފޯނު މެދުވެރިކޮށް މި އަހަރު ފަހުކޮޅު ބަލާލެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.