މާލޭ ބާޒާރުމަތީ ފިހާރައެއްގައި ވިއްކަން ބަހައްޓާފައިހުރި ލުނބޯތަކެއް... ފޮޓޯ/ ވޮއިސް
ހަބަރު
12 Aug 2024 | 16:33
ބާޒާރުގައި ލުނބޯގެ އަގު ވަރަށްބޮޑަށް އުފުލިއްޖެ

މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު ވަރަށްބޮޑަށް އުފުލިއްޖެއެވެ.

ބާޒާރުމަތީގައި މިއަދު ލުނބޯ ވިއްކަންހުރި އަގުތަކަށް ބަލާއިރު، ލުނބޯ ކިލޯއެއްގެ އަގު ވަނީ 120 ރުފިޔާއަށް މައްޗަށް ގޮސްފައެވެ. ބާޒާރުގައި މިއަދު އެންމެ އަގުހެޔޮކޮށްވެސް ލުނބޯ ކިލޯއެއް ލިބެންހުރީ 90 ރުފިޔާއަށެވެ. 

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 120 ރުފިޔާއަށް އުފުލިފައިވާއިރު، މީގެ ހަފްތާއެއްކުރިން ލުނބޯ ކިލޯއެއް 35 ރުފިޔާއަށްވެސް ވިއްކިއެވެ. ވޮއިސް އާ ވާހަކަދައްކަމުން ބައެއް ގޮޅިތަކުގެ ސޭޓުން ބުނީ، ލުނބޯގެ އަގު ބޮޑުވީ ލިބޭ އަދަދުވެސް މަދުވުމާ ގުޅިގެންކަމަށެވެ. މިގޮތުން މޫސުން ގޯސްވުމުން ކަނޑުމަގުން ލުނބޯ ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ބައެއް ސޭޓުން ބުންޏެވެ.

މާލޭ ބާޒާރުގައި މީގެ އަހަރެއްހާ ދުވަސްކުރިންވެސް އުފުލުނެވެ. އޭރު 30 ރުފިޔާއަށް ވިއްކި ލުނބޯ ކިލޯގެ އަގު 100 ރުފިޔާއަށް އުފުލުނެވެ. މިފަހުން މިދިޔަ ރަމަޟާންމަހުވެސް ލުނބޯގެ އަގު އުފުލުނެވެ. އެފަހަރު ލުނބޯގެ އަގު ސަރުކާރުން ކޮންޓްރޯލްކުރީ އެސްޓީއޯ މެދުވެރިކޮށް ލުނބޯ ގެނެސްގެންނެވެ.

މާލޭ ބާޒާރުމަތީ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ތަރުކާރީ... ފޮޓޯ/ ވޮއިސް

ލުނބޯގެ އިތުރުން މާލޭ ބާޒާރުގައި ކެރެޓާއި ތަރުކާރީގެ އިތުރު ބާވަތްތަކުގެ އަގުތައްވެސް ވަނީ އުފުލިފައެވެ. މާލޭ ބާޒާރުގައި ގިނަ ފަހަރަށް ތަކެތީގެ އަގުބޮޑުކުރަނީ އެ އެއްޗެއް ލިބުން ދަތިވުމުންނެވެ.

ނަމަވެސް ބާޒާރުގައި ތަކެތި މަދުވުމަކީ އަގުބޮޑުވާންޖެހޭ ސަބަބެއް ނޫންކަމަށް ބައެއް މީހުން ބުނެއެވެ. ހާއްސަކޮށް އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.