އެންސްޕާގެ ސީއީއޯ ހީނާ ވަލީދު--
ހަބަރު
12 Aug 2024 | 17:06
އޮކްޓޫބަރުން ފެށިގެން އާސަންދަ ދޭނީ އިތުރު އިންޝުއަރެންސެއް ނަގާފައިވާ ނަމަ އެ އަށް ކެނޑުމަށްފަހު: ހީނާ

އާސަންދަ ނިޒާމު ރިފޯމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އަންނަ އޮކްޓޫބަރު މަހުން ފެށިގެން އާސަންދައިގެ ދަށުން ހިލޭ ބޭސްފަރުވާ ކޮށްދޭނީ އެމީހާގެ އިތުރު އިންޝުއަރެންސް ސްކީމެއްގައި ބައިވެރިވެފައިވާނަމަ އެއަށް ކެނޑުމަށްފަހު  އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހީނާ މިފަދައިން ވިދާޅުވީ، ބައިވެރިވެފައިވާ މީހުންނަށް ވެސް އާސަންދަ ލިބޭތީ އެކަމާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިގޮތުން ހީނާ ވިދާޅުވީ،  އަންނަ އޮކްޓޫބަރުގައި އާސަންދަ ނިޒާމު ރިފޯމުކޮށް، ތަންފީޒު ކުރަން ފެށުމުން ޑަބަލް އިންޝުއަރެންސަސް ކެނޑުމަށްފަހު، އާސަންދައިގެ ބަދަލުގައި އެންމެ ފުރަތަމަ ކަނޑާނީ އެ މީހުންގެ އަތުގައި ހުންނަ އިތުރު އިންޝުއަރެންސް ތަކުން ކަމަށެވެ.

"1 އޮކްޓޫބަރ އިން ފެށިގެން އަޅުގަނޑުމެން އިމްޕްލިމެންޓް ކުރަން ފަށާ ބައެއް ޕޮލިސީސް އެބަހުރި. އޭގެ ތެރޭގައި އެހެން އިންޝުއަރެންސް އެއް ހުރި ބޭފުޅެއް ކަމަށްވާނަމަ ބިލް ކްލިއާ ކުރާއިރުގައި އެންމެ ފުރަތަމަ އެ ބޭފުޅެއްގެ އެ އިތުރު އިންޝުއަރެންސް އަކުން ކްލިއާ ކުރުމަށްފަހު ދެން އާސަންދަ އެންސްޕާގެ ތެރެއިން އެބައި ކްލިއާ ކުރާ ކަހަލަ ގޮތަކަށް،"

ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ އާސަންދައިގެ ޕޮލިސީއަށް ގެންނަ ބަދަލު ތަކުގެ  ޑްރާފްޓްތަކެއް ވަރަށް އަވަހަށް ކެބިނެޓަށް ހުށަހަޅާނެ ކަމަށާއި، މިއީ އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެވޭނެ ގޮތަކަށް ނިޒާމު ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގެންނަ ބަދަލުތަކެއް ކަމަށެވެ.

ކޮމެންޓް
ހަނާ
ތިޔަ އުޅެނީ އަމާ ހަދާން ކުރަން. ޙަސީނާ ބޭލި ގޮތަށް ކައްޒާބު ބާލަންވީ
12 Aug 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.