ދަރިވަރުންތަކެއް އިމްތިހާން ހަދަނީ-- ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
13 Aug 2024 | 13:02
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މިއަހަރުގެ މެއި/ޖޫންގައި ދަރިވަރުން ހެދި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.

ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ، މިއަދު ހެނދުނު 9 ފެށިގެން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ސެންޓަރުތަކަށް ނަތީޖާ ފޮނުވަން ފަށާފައިވާ ކަމަށާއި، މިއަދު 12 ޖެހިއިރު ސެންޓަރުތަކުން ނަތީޖާ ދޫކުރަން ފަށާފައިވާކަމަށެވެ. 

ނަތީޖާއަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުުޅުވާލާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވާއިރު، އެކަމަށް ކަނޑައަޅާފައިވާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އައިޖީސީއެސްއީ ހަދާ 7،155 ކުދިންނާއި އެސްއެސްސީގެ 346 ކުދިން ހިމެނޭހެން ޖުމްލަ  7،501 ކުދިން މި ފަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި އެވެ. 

ރާއްޖޭގެ 257 ސެންޓަރުގައި ހެދި މި އިމްތިހާނުތަކުގެ ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް، އެ އިމްތިހާނު ހެދި ސެންޓަރަށް ހުށަހަޅައިގެން އެކަން ހަމަޖައްސަން ޑީޕީއީއިން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ދިރާގު ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އަގުހުރި އިނާމުތައް
މި ލަނޑުތަކާއެކު ހިލޭ ޑޭޓާގެ އިތުރުން ލިބޭ ޕޮއިންޓްގެ އެހީގައި މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑަރބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތައް ޕީއެސް5 ސްލިމް 1ޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165ހަރޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރއެއް ލިބިގެންދާނެއެވެ. އަދި، ޖެހީ ލިބުނީގައިވާ 'ޕެނަލްޓީ ޝޯޑައުން' ގޭމްކުޅެގެން ލީޑަރބޯޑުގެ އެއްވަނަ ހޯދުމަށްޓަކައި ޕޮއިންޓް އިތުރުކުރެވޭނެއެވެ.
29 Jun 2026
އެޗްޑީސީން މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީ
އެޗްޑީސީން ވަނީ އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައި ބުނާ 13 ބާވަތެއްގެ މައުލޫމާތު އަމިއްލަ އިސްނެގުމުގައި ވެބްސައިޓުގައި އާންމުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިކަން ކުރި ފުރަތަމަ ކުންފުންޏަކަށް ވެފައެވެ.
29 Jun 2026
އާރްޓީއެލް ފެރީ ހިދުމަތް ރަނގަޅުކުރާނަން
ހަނގުރާމައާއި ފައިސާގެ ދަތިތަކުން އާރްޓީއެލް ފެރީ ޚިދުމަތް ލަސްވި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
29 Jun 2026
ޚާމަނާއިގެ ޖަނާޒާގައި ރާއްޖެއިން ބައިވެރިވާނެ: ސަރުކާރު
ޚާމަނާއިގެ ޖަނާޒާގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ދައުވަތު ލިބިފައިވާ ކަމަށާއި ރާއްޖެއިން އެ ޖަނާޒާގައި ބައިވެރިވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވަނީ ވޮއިސްއަށް ކަށަވަރުކޮށްދެއްވާފައެވެ.
29 Jun 2026
ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރު އާންމުކުރާނަން: ރައީސް
ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
29 Jun 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަނުކުރަން މަޖިލީހަށް
އީސީގެ މެންބަރު އަދި ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ، މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސަކަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
29 Jun 2026
އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް ހުޅުވާނަން
އަލިފުށީގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލާއި އެއާޕޯޓުގެ މަސައްކަތް ނިންމައި މި ދައުރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
29 Jun 2026
މިފްކޯ އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވަނީ
މިފްކޯ އިން ސިޓީތަކާއި އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއޯއޯ ހާމިދު ނަޒީމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ މެއި މަހު އައްޑޫ ސިޓީގައި ވަނީ އަތޮޅުތެރޭގެ ފުރަތަމަ އައުޓްލެޓް ހުޅުވައިފައެވެ.