މެޑަމް ސާޖިދާ-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
13 Aug 2024 | 15:35
ތެލެސީމިއާގެ މައްސަލައަށް ރާއްޖޭގެ ތާރީހުގައިވެސް ނުދޭ އިސްކަމެއް މިސަރުކާރުންދޭ: މެޑަމް ސާޖިދާ

ތެލެސީމިއާގެ މައްސަލައަށް ރާއްޖޭގެ ތާރީހުގައިވެސް ނުދޭ އިސްކަމެއް މި ސަރުކާރުން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭނާ ބެހޭގޮތުން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށް ބޭއްވި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، މި ޕްލޭނަކީ މުހިންމު ޤައުމީ މަސައްކަތެއް ކަމަށާއި ތެލެސީމިއާގެ މައްސަލަ އަކީ ޤައުމީ މުހިންމު މައްސަލައެއް ކަމަށެވެ.

"ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ މައުލޫމާތަށް ބަލާއިރު، ތެލަސީމިއާގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ރާއްޖޭގެ ތާރީހުގައިވެސް ދެވިފައިނުވާފަދަ އިސްކަމެއް މި ސަރުކާރުން އެބަދެއްވާ،"

މެޑަމް ސާޖިދާ ވިދާޅުވިއެވެ. 

ތެލަސީމިއާ އަށް ފަރުވާ ދިނުމަށްޓަކައި ބޭނުންވާ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސަވަމުންދާކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، މިސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ތެލަސީމިއާ ހޮސްޕިޓަލަކީ ތެލަސީމިއާ ބައްޔާއި ގުޅޭ އެކި އެކި ފަރުވާތައް ލިބުމުގައި ލުއި ފަސޭހަ ގޮތްތައް ހިމެނޭހެން ގާއިމު ކުރެވޭ މަތީ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށެވެ. އަދި ތެލަސީމިއާ އަށް ފަރުވާ ކުރުމަށް ބޭނުންވާ ބޭސް ލިބޭނެ ލުއި ފަސޭހަ ގޮތްތައް ހަމަޖައްސަވާފައިވާކަން ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ސަރުކާރުން މިކަމަށް ދޭ ޚާއްސަ އިސްކަމުގެ ދަށުން ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި 14 ކުދިން ބޯންމެރޯ ހަދަން ފޮނުވާފައިވާކަމަށާއި، އޭގެ ތެރެއިން އެއް ކުއްޖަކު ފަރުވާއަށް ފަހު އެނބުރި ރާއްޖެ އައިސްފައިވާކަމަށެވެ.

މިއީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި، މިކަމަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފަރުވާއަށް ބޭނުންވާ މަތީ ފެންވަރުގެ އިންތިޒާމުތައް މި ސަރުކާރުން ހަމަޖައްސަމުންދާކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.