ބަންގްލަދޭޝް މުޒާހަރާގެ ތެރެއިން--ފޮޓޯ: އޭއެފްޕީ (މުނީރ އުޒް ޒަމާން)
ރިޕޯޓް
13 Aug 2024 | 18:51
ބަންގްލަދޭޝް ހަމަނުޖެހުންތަކުގެ އިޤްތިޞާދީ ނަތީޖާ ގޯސްވެދާނެ!

ދާދިފަހުން ބަންގްލަދޭޝްގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި އެގައުމުގައި ޒަމާންތަކެއް ވަންދެން ވެރިކަން ކުރައްވަމުން ގެންދެވި ޝެއިޚް ހަސީނާގެ ވެރިކަން ނިމުމަކަށް ވަނީ ގެނެސްފައެވެ.

ސަރުކާރާއި ދެކޮޅަށް ހިނގި ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެފައިވާއިރު، މިހަމަނުޖެހުންތަކުގެ ސަބަބުން އެގައުމުގެ އިގްތިސާދަށްވެސް އެކަމުގެ ނޭދެވޭ އަސަރު ވަނީކޮށްފައެވެ. އަދި މިހާރުވެސް އިގްތިސާދީ ލޮޅުންތައް އަންނަމުންދާއިރު، ކުރިއަށް އޮތީވެސް ބަނަ ދުވަސްތަކެއް ކަމަށް ތަޖުރިބާކާރުން އަންދާޒާކުރެއެވެ.

ފޮރިން އިންވެސްޓަރސް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސް އިން އަންދާޒާކުރާ ގޮތުގައި މިހަމަނުޖެހުންތަކުގައި ލިބުނު މާލީ ގެއްލުމުގެ އަގު 10 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާނެއެވެ.

މީގެ ދެތިން އަހަރުކުރިން ބަންގްލަދޭޝްގައި އުފާފާޅުކުރަމުން އައީ އެގައުމުގައި ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް އިންޑިއާގައި ޖެހޭ ނިސްބަތަށްވުރެ މައްޗަށް ގޮސްގެންނެވެ. އެހެންނަމަވެސް މިއަދުގެ ހާލަތު މިވަނީ ބަދަލުވެފައެވެ.

ގައުމެއްގައި ސިޔާސީ ހަމަނުޖެހުން އިތުރުވުމަކީ އޭގެ ސަބަބުން އިންވެސްޓްމަންޓްތަ ބޭރުގެ އިންވެސްޓަރުންނަށް ހުރަސްއެޅިދާނެ ކަމެކެވެ. ކުންފުނިތަކުން އިންވެސްޓްމަންޓް ޕްލޭންތައް ލަސްވެ ނުވަތަ ކެންސަލްކޮށް، ބޭރުގެ ރައުސުލްމާލު އައުން މަދުވެދާނެއެވެ.

އިންވެސްޓްމަންޓްތައް ލަސްވުމުން ނުވަތަ މަދުވުމަކީ އިޤްތިޞާދީ ކުރިއެރުން މަޑުޖެހި، ވަޒީފާ އުފެއްދުމާއި އާމްދަނީގެ ފެންވަރަށް އަސަރުކުރާ ކަމެކެވެ. ބަންގްލަދޭޝްގެ އެކި އިންޑަސްޓްރީތަކަށް އަމާޒުކޮށް އެގައުމަށް ފޮރިން އިންވެސްޓްމަންތްތައް އަންނަމުންދާ މިދަނޑިވަޅުގައި ފޮރިން އިންވެސްޓްމަންޓްތައް ހުއްޓިގެން ހިނގައްޖެނަމަ އިގްތިސާދު ކުރިއެރުން ބޮޑުތަނުން މަޑު ޖެހުނީއެވެ.

ދެން އޮތީ އެކަމެއްގެ މައްޗަށް ބަންގްލަދޭޝްގެ އިގްތިސާދު ވަރަށް ބޮޑަށް ބިނާވެފައިވާ އެކްސްޕޯޓަށް ކުރާ އަސަރެވެ. މުޒާހަރާތަކާއި ހަޅުތާލުތަކުގެ ސަބަބުން ސަޕްލައި ޗޭނަށް ބުރޫއަރާ، މުދާ ވަގުތުން ޑެލިވަރީ ކުރުމަށް އަސަރު ފޯރުވައެވެ. ބަންގްލަދޭޝްގެ އިގްތިސާދު ވަރަށް ބޮޑަށް ބަރޯސާވެފައިވަނީ ޓެކްސްޓައިލް އެކްސްޕޯޓް ކުރުމަށެވެ.

2011 ވަނަ އަހަރު ބަންގްލަދޭޝްއިން 14.6 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކުރި އިރު، 2019 ވަނަ އަހަރު 33.1 ބިލިއަން ޑޮލަރުގެ ޓެކްސްޓައިލް މުދާ އެކްސްޕޯޓްކުރިއެވެ. މިދިޔަ 5 އަހަރުވެސް މި އަދަދު ވަނީ ބޮޑުތަނުން މައްޗަށް ޖެހިލާފައެވެ. އަންދާޒާކުރެވޭ ގޮތުގައި އެކްސްޕޯޓް ސެކްޓަރއަށް މިހާތަނަށް 4 ބިލިއަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ.

ޓެކްސްޓައިލް އިންޑަސްޓްރީ އަލުން އެނބުރި އައިނަމަވެސް، ސަޕްލައިޗެއިން އަށް އެރި ބުރޫތަކުގެ ސަބަބުންނާއި، ބަންގްލަދޭޝްގެ އަގުހެޔޮ މުދަލަށް ބަރޯސާވެފައިވާ ބައިނަލްއަގްވާމީ މާކެޓުން އިތުރު އެހެން ގޮތަށް ހޯދަން އުޅެފައިވުމުގެ ސަބަބުން އިންޑަސްޓްރީއަށް ކުރި އަސަރު ފެންނާނީ އަދި މަސްތަކެއް ފަހުންނެވެ.

ބަންގްލަދޭޝްއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރު ގައުމެއް ނޫނެވެ. އެހެން ނަމަވެސް، ކޮވިޑްގެ ކުރިން އެގައުމަށް އައި ފަތުރުވެރިންގެ އަދަދަށްވުރެ މިދިޔަ އަހަރު އައި ފަތުރުވެރިންގެ އަދަދު ގިނަކަމަށް ބަންގްލަދޭޝް ޓޫރިޒަމް ބޯޑުން ބުނެއެވެ. ރެކޯޑްތައް ދައްކާ ގޮތުން މިދިޔަ އަހަރު 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ބަންގްލަދޭޝްއަށް ޒިޔާރަތްކުރިއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ހަމަނުޖެހުންތައް ކަވަރުކުރުމުން ފަތުރުވެރިން ފަސްޖެހި، ފަތުރުވެރިކަމުގެ ދާއިރާއިން ބަންގްލަދޭޝްއަށް ލިބޭ އާމްދަނީއަށް އަސަރުކުރާނެއެވެ. މިއަސަރު ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި ދަތުރުފަތުރާއި މިނޫންވެސް ގުޅުންހުރި ސިނާއަތްތަކަށްވެސް ކުރެއެވެ. އަދި ހަމައެއާއެކު ބަންގްލަދޭޝް އަކީ ނުރައްކާތެރި، ހަމަނުޖެހުން ބޮޑު މަންޒިލެއްގެ ގޮތުގައި ފަތުރުވެރިން އަދި މީޑީއާއިން ދެކެން ފަށައިފިނަމަ ބަންގްލަދޭޝްގެ ފަތުރުވެރިކަމާއި އަދި ޖުމްލަކޮށް އިގްތިޞާދަށް ދިގުދެމިގެންދާ އަސަރުތަކެއް ކޮށްފާނެއެވެ.

ބޮޑުވަޒީރު އިސްތިއުފާ ދެއްވިނަމަވެސް ބަންގްލަދޭޝްގައި އަދިވެސް ފުރިހަމައަށް ހަމަޖެހުން ގާއިމެއް ނުވެއެވެ.

ވަގުތީ ސަރުކާރެއް އެކުލަވާލައި، އެސަރުކާރުގެ ވެރިއަކަށް މައިކްރޯފައިނޭންސިންގ ދާއިރާގެ ތަޖުރިބާކާރެއް އައްޔަން ކުރިނަމަވެސް، ނަތީޖާ ފެންނާނީ އަދި އެތައް ދުވަހެއް ފަހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.