ހެރިސްއާއި މަސްކް -- ފޮޓޯ: އޭޕީ
ދުނިޔެ
13 Aug 2024 | 21:48
މަސްކް ކަމާލާ ހެރިސްއަށް އިންޓަވިއުގެ ފުރުސަތު ހުޅުވާލައިފި

ޓެސްލާގެ ސީއީއޯ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާ އީލޯން މަސްކް އެމެރިކާގެ ނައިބު ރައީސް އަދި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމާލާ ހެރިސްއަށް އެކްސް ޕްލެޓްފޯމުގެ ސްޕޭސަސް މެދުވެރިކޮށް އިންޓަވިއު އެއް ކުރިއަށް ގެންދިއުމަށް ދަޢުވަތު ދީފިއެވެ.

މި ދަޢުވަތު މަސްކް ދީފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު ގާތްގަނޑަކަށް ދެ ގަޑިއިރުގެ އިންޓަވިއުއެއް ކުރުމަށްފަހުގައެވެ. ގިނަ ބަޔަކު މި އިންޓަވިއު އަށް "ގަރުނުގެ އިންޓަވިއު" މި ނަން ދީފައިވާއިރު، މަސްކްގެ ބުނުމުގައި މި މަޝްހޫރު އިންޓަވިއު އަށް މިހާތަނަށް 1 ބިލިއަން ވިއު ލިބިފައިވެއެވެ.

ކަމާލާ ހެރިސްއަށް ވެސް އެކްސް ސްޕޭސަސް މެދުވެރިކޮށް އިންޓަވިއު ދިނުމަށް ޝައުގުވެރިވާކަމަށް މަސްކް ބުނެފައިވާ ނަމަވެސް، އަދި މިކަމަށް ކަމާލާގެ ފަރާތުން ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް ޓްރަމްޕްގެ އިންޓަވިއު ދެމުންދިޔައިރު، ހެރިސްގެ ކެމްޕޭން އިން "25 ޑޮލަރު ހަދިޔާކޮށް، އެމީހުންގެ ދޮގުތަކަށް ޖަވާބު ދިނުމަށް" އެދި ފަންޑްރެއިޒިންގ އީމެއިލްއެއް ފޮނުވާފައިވެއެވެ.

މި އީމެއިލްގައި ނައިބު ރައީސް ކަމާލާ ހެރިސް ވިދާޅުވެފައިވަނީ މަސްކްގެ "ގަނެފައިވާ ޕްލެޓްފޯމް" މެދުވެރިކޮށް ޓްރަމްޕްގެ "ނުބައި އެޖެންޑާ" މިލިއަނުން ގުނާ މީހުންނަށް ފަތުރަމުންދާ ކަމަށެވެ. އަދި "ދުނިޔޭގެ އެންމެ މުއްސަނދި މީހާއަކީ މާގާ ޓީމްގެ އަޅެއް" ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޓްރަމްޕްއާއެކު ކުރި އިންޓަވިއު ނިންމާލަމުން، މަސްކް ވަނީ ޓްރަމްޕަށް އޭނާގެ ތާއީދު އަނެއްކާވެސް ފާޅުކޮށްފައެވެ. އަދި ޓްރަމްޕަކީ "ފާގަތިކަމުގެ މަގު" ކަމަށް ވެސް ބުނެފައިވެއެވެ. މީގެ ކުރިން އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ މަސްކް ޓްރަމްޕަށް ތާއީދުކުރާ ޕޮލިޓިކަލް އެކްޝަން ކޮމިޓީއަކަށް 45 މިލިއަން ޑޮލަރު ހަދިޔާކުރަން ރޭވި ކަމަށެވެ. މިކަމަށް މަސްކް ދެކޮޅު ހަދާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ދަރިވަރުންގެ ޢާއިލާތަކަށް ބަދަލުދޭން އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ
ނީޓް އިމްތިޙާނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރާއި އިދިކޮޅު ސީޖޭޕީ ޕާޓީއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، ދަރިވަރުންގެ ބައެއް މައިގަނޑު ޑިމާންޑްތަކަށް ސަރުކާރުން އެއްބަސްވެއްޖެއެވެ.
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.