މޯލްޑިވްސް އިސްލާމިކް ބޭންކް ---
ހަބަރު
13 Aug 2024 | 22:00
އިސްލާމިކް ބޭންކް މާދަމާވެސް ހުޅުވިފައި ހުންނާނެ

އިސްލާމިކް ބޭންކް މާދަމާވެސް ހުޅުވިފައި ހުންނާނެކަމަށް އެބޭންކުން ބުނެފިއެވެ. 

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބުނީ މާދަމާ، 14 އޯގަސްޓް 2024 ވަނަ ދުވަހު، އެ ބޭންކުގެ ޚިދުމަތްތައް އާންމު ގޮތެއްގައި ދެމުންދާ ގޮތަށް ކުރިއަށް ގެންދާނެކަމަށެވެ. 

އެމްއައިބީ އިން ނެރުނު ނޯޓިހެއްގައި ބުނެފައިވަނީ، އެ ބޭންކުގެ ހުރިހާ ގޮފިތަކާއި ޚިދުމަތްތައް މާދަމާވެސް އާންމު ގޮތެއްގައި ހުޅުވިފައި ހުންނާނެ ކަމަށެވެ. އަދި ކަސްޓަމަރުންގެ ބޭންކިންގ ބޭނުންތަކަށް އެހީތެރިވެދިނުމަށް ތައްޔާރަށް ތިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ނޯޓިހަކީ ކަސްޓަމަރުންނަށް މުހިންމު މަޢުލޫމާތެއް ފޯރުކޮށްދިނުމުގެ ގޮތުން ނެރެފައިވާ ނޯޓިހެއް ކަމަށް އެމްއައިބީ އިން ބުނެފައިވެއެވެ.

އެމްއައިބީ އިން މިގޮތަށް ނޯޓިސް އެއް ނެރެފައިވާއިރު، މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައާއި ގުޅިގެން މާދަމާ ސަރުކާރު ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ. އަދި އެކަމާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްވެސް މާދަމާ ބަންދުކުރުމަށް ވަނީ ސަރުކާރުން ނިންމަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ