މޫނުގައި ބިހި ނަގާތީ ކަންބޮޑުވެފައި: ފޮޓޯ/ ގޫގުލް
ލައިފްސްޓައިލް
14 Aug 2024 | 09:01
މޫނުގައި ބިހި ނަގައި، ލަކުނު ހުންނާތީ ކަންބޮޑުވޭތަ؟ މިއޮތީ ތިކަމުގެ ހައްލު!

މޫނުގައި ބިހި ނެގުމާއި އަދި ލަކުނު ހުރުމަކީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ. އެކަން ހައްލު ކުރުމަށް އަގުބޮޑު ކްރީމް ތަކާއި ފޭސްވޮޝްތަކުގެ އިތުރުން ބާރުގަދަ ކެމިކަލް ހިމެނޭ ތަކެތިވެސް މޫނުގައި އުނގުޅާ މީހުން މަދެއް ނޫނެވެ.

ނަމަވެސް އެތަކެއްޗަށްވުރެ އަގުހެޔޮކޮށް ހަންގަނޑަށް ގެއްލުންތަކެއް ނުވެވެސް މި މައްސަލަ ހައްލު ކުރެވެން އެބައޮތެވެ. އެހެންކަމުން މި އާޓިކަލްގައި އަލިއަޅުވާލާނީ، މޫނުގައި ހުންނަ ލަކުނު ފިލުވުމަށް ދެވިދާނެ ގުދުރަތީ ފަރުވާތަކަށެވެ.

1. އެލޯ ވެރާ

އެލޯ ވެރާ އަކީ އެންޓި-އިންފްލެމެޓަރީ އަދި މޮއިސްޗަރައިޒިންގ ޕްރޮޕަޓީސްގެ ހިމެނޭ ކަމަށް މަޝްހޫރު އެއްޗެކެވެ.

ހަންގަނޑުގައި ހުރި ލަކުނު ނުވަތަ ބިހީގައި، ތާޒާ އެލޯ ވެރާ ޖެލް އުނގުޅާށެވެ. ގާތްގަނޑަކަށް 30 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ. ދުވާލަކު ދެފަހަރު މިގޮތަށް ކަންކުރާށެވެ.

2. ކާށިތެޔޮ

އެންޓިއޮކްސިޑެންޓްސް އަދި ވިޓަމިން އީ އިން މުއްސަނދި ކާށިތެލަކީ ހަންގަނޑުގައި ހުންނަ ސެލް ތަކަށް ދިރުން ގެނެސްދޭ އެއްޗެކެވެ.

ކުޑަ މިންވަރަކަށް ވާޖިން ކާށިތެޔޮ ބިހި ނުވަތަ ލަކުނުގައި އުނގުޅަމުން ގާތްގަނޑަކަށް 10 މިނެޓް ވަންދެން މަސާޖު ކޮށްލާށެވެ. މަދުވެގެން ގަޑިއެއްހާއިރު ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. ދުވާލަކު 2-3 ފަހަރު މިގޮތަށް ތަކުރާރު ކުރާށެވެ.

3. މާމުއި

މާމުއިގައި ގުދުރަތީ އެންޓިބެކްޓީރިއަލް އަދި ޝިފާ ލިބޭ ޕްރޮޕަޓީސް ތަކެއް ހުރެއެވެ.

މޫނުގައި މާމުއި ތުނި ފަށަލައެއް އުނގުޅާ ލުމަށްފަހު ގާތްގަނޑަކަށް ގަޑިއިރަކު ބެހެއްޓުމަށްފަހު ދޮވެލާށެވެ. ކޮންމެ ދުވަހަކު ތަކުރާރު ކުރާށެވެ.

4. ލުނބޯ ޖޫސް

ލުނބޯ ޖޫހުގައި އަލްފާ ހައިޑްރޮކްސީ އެސިޑް (AHAs) އެކުލެވިގެންވާއިރު، މިއީ ހަންގަނޑުގައި ހުންނަ ސެލްތައް އާލާކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

ކޮޓަން ބޯޅައެއް ބޭނުންކޮށްގެން މޫނުގައި ތާޒާ ލުނބޯ ޖޫސް އުނގުޅާށެވެ. ގާތްގަނޑަކަށް 10 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ފިނި ފެނުން ދޮވެލާށެވެ. މި ފަރުވާ ދުވާލަކު އެއްފަހަރު ބޭނުން ކުރި ނަމަވެސް ލުނބޯ ޖޫހުން ހަންގަނޑު ފޮޓޯސެންސިޓިވް ކޮށްލާތީ ބޭރަށް ނުކުންނަ ނަމަ ސަންސްކްރީނެއް އުނގުޅާލަން ސަމާލުވާން ޖެހެ އެވެ.

5. ރޯޒްހިޕް ސީޑް އޮއިލް

ހަންގަނޑަށް ކޮންމެހެން ބޭނުންވާ ފެޓީ އެސިޑްތަކާއި ވިޓަމިން އޭ އަދި ސީ އިން މުއްސަނދި ރޯޒްހިޕް ސީޑް އޮއިލް އަކީ ހަންގަނޑު ރީތި ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ރޯޒްހިޕް ސީޑް އޮއިލްގެ މަދު ތިކިތަކެއް މޫނުގައި އުނގުޅާލުމަށްފަހު މަޑުމަޑުން މަސާޖު ކުރާށެވެ. ދުވާލަކު ދެފަހަރު ބޭނުން ކުރާށެވެ.

6. ކަދުރު

ކަދުރަކީ އެންޓި-އިންފްލެމެޓަރީ އަދި އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް އެކުލެވޭ އެއްޗެކެވެ.

ކަދުރު ހިމުންކޮށް މުގުރާލުމަށްފަހު ކުޑަ މިންވަރަކަށް ފެނާއި ނުވަތަ މާމުއި އެއްކޮށްލައިގެން ޕޭސްޓެއް ހަދާށެވެ. މި ޕޭސްޓް މޫނުގައި އުނގުޅާލުމަށްފަހު ގާތްގަނޑަކަށް 20 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މި ގޮތަށް ްދުވާލަކު އެއްފަހަރު ބޭނުން ކުރާށެވެ.

7. ކިއުކަމްބާ

ކިއުކަމްބާގައި ހައިޑްރޭޓިންގ އަދި ސޫތިންގ ޕްރޮޕަޓީސް ހިމެނެއެވެ.

ކިއުކަމްބާ ހިމުންކޮށް މުގުރާލުމަށްފަހު މޫނުގައި އުނގުޅާށެވެ. ގާތްގަނޑަކަށް 30 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ފިނި ފެނުން ދޮވެލާށެވެ. ކޮންމެ ދުވަހަކު ތަކުރާރު ކުރާށެވެ.

8. ޕޮޓޭޓޯ ޖޫސް

ޕޮޓޭޓޯ ޖޫހުގައި ހަންގަނޑުގެ ސެލްތައް އާލާވުމަށް އެހީތެރިވެދޭ އެންޒައިމްތަކެއް އެކުލެވިގެންވެއެވެ.

އަލުވިއެއް ގްރޭޓް ކޮށްލުމަށްފަހު އޭގެ ޖޫސް ނަގާށެވެ. އެ ޖޫސް މޫނުގައި އުނގުޅާލުމަށްފަހު ގާތްގަނޑަކަށް 20 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މި ގޮތަށް ދުވާލަކު ދެފަހަރު ބޭނުން ކުރާށެވެ.

މޫނުގައި ހުންނަ ބިއްސާއި ލަކުނަށް ފަރުވާ ކުރުމަށް ގުދުރަތީ ފަރުވާތަކަކީ ފައިދާހުރި ތަކެއްޗަށްވި ނަމަވެސް، ކެތްތެރިވެ، އެ ފަރުވާތައް ގަވައިދުން ދިނުމަކީ މުހިންމު ކަމެކެވެ. ގުދުރަތީ ފަރުވާތަކުން ފައިދާ ނުކުރާހެން ހީވާނަމަ ޕްރޮފެޝަނަލް ފަރުވާގެ ގޮތްތައް ހޯދުމަށް ހަމުގެ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ރަނގަޅު ގޮތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.