މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މާލީ ވަޒީރު ޑރ. ޢަބްދުالله ޝަފީގު އާއި އެ ވުޒާރާގެ އިސް ބޭފުޅުން: .ފޮޓޯ/ މަޖިލިސް
ހަބަރު
14 Aug 2024 | 13:27
ޓެކްސްތައް ބޮޑު ކުރުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅެން: ވަޒީރު ޝަފީޤު

ރައްޔިތުން އަތުން ނަގާ ޓެކްސްތައް ބޮޑުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް ކަމަށް މާލީ ވަޒީރު ޑރ. ޢަބްދުالله ޝަފީގު ވިދާޅުވެއްޖެއެވެ. 

މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ ކުއާޓަލީ ޑެޓް ބުލެޓިން، ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން އަދި މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން އެ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުކޮށްފައެވެ. 

އަދި މިއަދު ކޮމިޓީ ބައްދަލުވުމުގައި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު އެއާޕޯޓް ޓެކްސް އާއި ޑިވޮލަޕްމަންޓް ފީ އާއި ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމަކީ ޓެކްސް ތަކާއި ފީ ތަކުން ރައްޔިތުންނަށް އޭގެ ބުރައެއް ނުވާ ގޮތަށް ކުރިއަށް ގެންދިޔުން ކަމަށެވެ. 

މިގޮތުން ބަލާއިރު، ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތްހޯލްޑިންގ ޓެކްސް، މިފަދަ ޓެކްސްތައް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ. 

މާލީ ވަޒީރު ޑރ. ޢަބްދުالله ޝަފީގު

މިއާއެކު ވަޒީރު ވިދާޅުވީ، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޓެކްސް ރޭޓްތަކެއް ބޮޑު ކޮށްފައުވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށާ ސަރުކާރުގެ ވިސްނުމަކީ ޓެކްސް ބޭސް ފުޅާކޮށް އެއިން ދައުލަތައް ލިބޭ އާމްދަނީ ވޭހާވެސް ބޮޑުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މާލީ ވަޒީރު ޑރ. ޢަބްދުالله ޝަފީގު އާއި އެ ވުޒާރާގެ އިސް ބޭފުޅުން: .ފޮޓޯ/ މަޖިލިސް

“މީގެ އިތުރުން ބައެއް ފީ ތަކުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ، ދައްކަންޖެހިފައި ހުރި ބޮޑެތި ދަރަނިތަކެއް އެބަހުރި، އެ ދަރަނި ތަކަކީ ޑޮލަރުން ދައްކަންޖެހޭ ދަރަނި ތަކެއް. އެއަށް ބޭނުންވާ ބަފަރ އެއް ސޮވެރެން ޑިވޮލަޕްމަންޓް ފަންޑަށް ބިލްޑް ކުރެވޭ ގޮތަށް އެ އަމާޒުގައި މަސައްކަތް ކުރުމަކީ  ކޮންމެ ދިވެހި ރައްޔިތަކުވެސް ބޭނުންވާނެ ކަމެއް. އެކަން ވާންއޮތީ ސޮވެރެން ޑިވެލަޕްމަންޓް ފަންޑަށް ޖަމާކުރެވޭ ޑޮލަރު އިތުރުކޮށްގެން.” 

މާލީ ވަޒީރު ޑރ. ޢަބްދުالله ޝަފީގު

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ތެލަށްވާ ފައިސާ އާއި ބޭރުގެ ތަންތަނުން ސިއްޙީ ހިދުމަތް ހޯދުމަށް އާސަންދައިންވެސް ދައްކަންޖެހެނީ ޑޮލަރުން ކަމަށްވާއިރު ބޭރުފައިސާ ހޯދުމަކީ މިހާރުން މިހާރަށް ކުރަންޖެހުފައިވާ ކަމެއް ކަމަށެވެ. 

އެހެންކަމުން، އެކަމަށްޓަކައި ފީތައް ބައްޓަން ކުރައްވާފައިވާ ކަމަށާ، އެހެން ނަމަވެސް ފީތައް ނަގަން ފެށުމުގެ ކުރިން ކަމާއިބެހޭ އިދާރާތަކާއި މަޝްވަރާ ކުރައްވައި މުޖުތަމަޢުއަށް އެންމެ ފައިދާވާ ގޮތަށް އެކަން ބައްޓަންކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.