ޔޫކްރެއިން ސިފައިންގެ އުޅަނދެއް ކުރްސްކް ގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
14 Aug 2024 | 13:31
ކުރްސްކް އަށް އެރި ޔޫކްރެއިން ސިފައިންނަށް އަމާޒުކޮށް ރަޝިއާގެ ވަރުގަދަ ހަމަލާތަކެއް!

ރަޝިއާގެ ކުރްސްކް އަށް އެރި ޔޫކްރެއިން ގެ ސިފައިންނަށް އަމާޒުކޮށް ރަޝިއާގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މިސައިލްތަކާއި، ޑްރޯންތަކާއި އެނޫންވެސް ހަތިޔާރުތަކުން ވައިގެ މަގުން ރަޝިއާ ސިފައިން ރައްދުދީފައިވާއިރު، ޔޫކްރެއިން ގެ ސިފައިން ކުރްސްކް އަށް އަރައި، ދިން ހަމަލާއަކީ ރަޝިއާ އާއި ޔޫކްރެއިން ގެ ހަނގުރާމަ ފެށުމަށްފަހު މިހާތަނަށް ރަޝިއާގެ ސަރަހައްދަކަށް އަމާޒުކޮށް ޔޫކްރެއިން އިން ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ.

ރަޝިއާގެ ރައީސް ވްލަދިމީރް ޕުޓިން ސިފަކުރެއްވި ގޮތުގައި ޔޫކްރެއިންގެ އެތައް ހާސް ސިފައިން ކުރްސްކް އަށް އަމާޒުކޮށް ދިން މި ކުއްލި ހަމަލާއަކީ ރަޝިއާގެ ބާރުތައް މަޑުޖައްސާލުމުގެ މަގުސަދުގައި ދިން ހަމަލާއެކެވެ.

ޔޫކްރެއިން ގެ މި ހަމަލާއާއި އެކު އެ ސަރަހައްދު ދޫކޮށް ގާތްގަނޑަކަށް 200،000 މީހުން ގޮސްފައިވާއިރު، ރަޝިއާގެ ހަނގުރާމައާ ބެހޭ ބްލޮގަރުން ބުނާ ގޮތުގައި ކުރްސްކް ފްރޮންޓުގައި ދެގައުމުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.

ޔޫކްރެއިން އިން ސަރަޙައްދުގެ ކޮންޓްރޯލް އިތުރުކުރަން މަސައްކަތް ކުރަމުންދާއިރު،  ރަޝިއާއިން ސިފައިންނާއި ބަރު ހަތިޔާރުތައް އެތަނަށް ފޮނުވައި، ޔުކްރެއިންގެ ގިނަ ހަމަލާތަކެއް ހުއްޓުވާލައިފައިވާ ކަމަށް ބްލޮގަރުން ވަނީ ހާމަކޮށްފައެވެ.

މި ހަމަލާތަކާއި ގުޅޭ ތަފްސީލުތައް ހާމަކުރުމުގެ ގޮތުން ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި ތިބި ޔޫކްރެއިން ގެ ސިފައިން  ސުޚޯއި ސޫ-34 ބޮމްބަރު މަތިންދާބޯޓުތަކުން ހަމަލާދޭ މަންޒަރުތައް ހާމަކޮށް، ބޯޑަރުން 26-28 ކިލޯމީޓަރު (16-17 މޭލު) ދުރުގައި ހުރި ރަޝިއާގެ އަވަށްތަކަށް ދެމުންގެންދިޔަ ހަމަލާތައް ވެސް ހުއްޓާލެވުނު ކަމަށް ބުނެފައެވެ.

ޔޫކްރެއިން ސިފައިންގެ ޖުމްލަ 35 ޓޭންކާއި، 31 އާމަޑް ޕާސަނަލް ކެރިއަރާއި، 18 އިންފެންޓްރީ ފައިޓިންގ ވެހިކަލްއާއި، އަދި 179 އެހެނިހެން އާމަޑް ވެހިކަލް ހަލާކުކޮށްލާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.