ސީއެޗްއެސްއީ ދަރިވަރުންތަކެއް-- ފޮޓޯ: ސީއެޗްއެސްއީ
ހަބަރު
14 Aug 2024 | 15:16
ހުޅުމާލެ އަދި މާލެ ސީއެޗްއެސްއީ އަށް ވަނުމަށް ފޯމް ހުށަހަޅަން ހުޅުވާލައިފި

ހުޅުމާލެ އަދި މާލޭގައި ހުންނަ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް ވަނުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މިއަހަރު ހުޅުމާލޭގެ އިތުރުން މާލޭގެ ސީއެޗްއެސްއީ ގައި ވެސް ކިޔަވައިދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، ތައުލީމާއި ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ މަތީ ސާނަވީ (ކީސްޓޭޖް 5) ކިޔެވުމަށް މި ދެ އިމާރާތުގެ ތެރެއިން އެ ދަރިވަރަކު ބޭނުން މަރުކަޒެއްގައި ކިޔެވޭ ގޮތަށް ދަރިވަރުން ވެއްދުމަށް ފޯމު ހުށައެޅުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ ސްކޫލަށް ވެއްދުމަށް ހުށައަޅަން ޖެހޭ  އެޑްމިޝަން ފޯމްގެ ލިންކް އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި، ސީއެޗްއެސްއީ އިން މަތީ ސާނަވީއަށް ކިޔެވުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ އުސޫލަކީ:

1) 1 މެއި 2023 ގެ ފަހުން ބައިވެރިވެފައިވާ އެސްއެސްއީ އަދި ޖީސީއީ އޯލެވެލް/ އައިޖީސީއެސްއީ އިމްތިހާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން (މީގެ ތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން)

2) ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގ، ކޮމާރސ،ް ބިޒްނަސް ސްޓަޑީޒ،ް އިކޮނޮމިކްސް، އަދި މެތެމެޓިކްސް އަދި ސައިންސް ސްޓްރީމް ކަމަށް ބެލެވޭނީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި މެތެމެޓިކްސްއެވެ.

3) އާރޓްސް ސްޓްރީމް މާއްދާތަކަށް ބެލެވޭނި ހިސްޓްރީ އާއި ޖޯގްރަފީއެވެ. އާރޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީ އާއި ޖޯގްރަފީގެ ތެރެއިން 1 މާއްދާއިންނަމަ 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖް، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތެމެޓިކްސ،ް މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެއެވެ.

4) ސައިންސް ސްޓްރީމް ހަދާފައިވާ ދަރިވަރަކަށް، އާރޓްސް ނުވަތަ ކޮމާރސް ސްޓްރީމް އޭލެވެލް ހެދުމުގެ ފުރުސަތު އެދަރިވަރަކު ހަދާފައިވާ މާއްދާތަކަށް ބަލާފައި ދެވިދާނެއެވެ. (އިތުރު މަޢުލޫމާތު އެޕްލިކޭޝަން ފޯމާއެކު ދޫކުރާ އިންފޮމޭޝަން ޝީޓްގައި ލިބެން ހުންނާނެއެވެ.)

5) ރީޗެކުގެ ކުރިން ޝަރުޠު ފުރިހަމަނުވާ ނަމަވެސް، ރީޗެކަށްފަހު، ޝަރުޠު ފުރިހަމަވާނެކަމަށް ލަފާކުރެވޭ ކުއްޖެއްނަމަ، އެޕްލިކޭޝަން ފޯމް ހުށައެޅިދާނެއެވެ. މިގޮތަށް ފޯމް ހުށައަޅާ ދަރިވަރުން ރީޗެކް ނަތީޖާ ދޫކުރާ ދުވަހުން ފެށިގެން 2 ދުވަހުގެ ތެރޭގައި އެ ކުއްޖެއްގެ ނަތީޖާ ހުށައަޅަންވާނެއެވެ.

އެ ވުޒާރާއިން ބުނީ، މިހާރު ގްރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރުން ފުރިހަމަކުރަންޖެހޭ އެޑްވާންސްސަބްސިޑިއަރީ (އޭއެސް) ލެވެލް އިމްތިހާނުތައް ފުރިހަމަކުރުމަށްފަހު، ގްރޭޑް 12 އަށް ސްކޫލު ބަދަލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލުގައި ޖާގަ އޮތް މިންވަރަކުން، ދެ އިމާރާތުންވެސް ފުރުސަތު ދެވޭނެ ކަމަށެވެ.

ހަމައެއާއިއެކު،  ބީޓެކް މާއްދާތައް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގެ އިމާރާތުން އެ ފުރުސަތު ލިބޭނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

ދަރިވަރުންނަށް ޖާގަ ހަމަޖެހިފައިވާކަން 21 އޮގަސްޓު 2024 ފެށިގެން އަންގަމުންދާނެ ކަމަށާއި، ޖާގަ ލިބިފައިވާ ސްކޫލުން ދަރިވަރުންގެ އީމެއިލަށް ސްކޫލުގައި ރަޖިސްޓްރީވުމާ ބެހޭ އިރުޝާދު ފޮނުވާނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.