އިއްޔެގެ ވިއްސާރައިގެ ތެރެއިން-- ފޮޓޯ:އެންޑީއެމްއޭ
ހަބަރު
14 Aug 2024 | 16:23
ވިއްސާރައިގެ ސަބަބުން ނަޖިސް ލީކުވެ، ބަލިތައް ފެތުރިދާނެތީ ސަމާލުވާން އެދެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ނަޖިސް ބޭރުވުމާއި ފެން ހަރުލާފައި ހުރުމުގެ ސަބަބުން، ބަލިތައް ފެތުރިދާނެތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ވިއްސާރައާއި ގުޅިގެން ސަމާލުވާންވީ ކަންތައްތައް ބަޔާންކޮށް އެއިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވިއްސާރަވެ ފެންބޮޑޫވުމާއި، ސެޕްޓިކް ޓޭންކް އޮވާފްލޯވެ، ނަޖިސް ބޭރުވުމާއި އަދި ވިއްސާރައިގެ ސަބަބުން ފެން ހަރުލާފައި ހުރުމުން ބައެއް ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.

އޭގެ ތެރޭގައި ބޭރަށް ހިންގުމާއި، ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ އެކިކަހަލަ ބަލިތައް، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑުކަން ފާހަގަކުރައްވަމުން އެޗްޕީއޭއިން ވަނީ މި ބަލިތަކުން ސަލާމަތްވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.

މިގޮތުން:

1) ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންގަނޑަށް ނޭރުން، ހާއްސްކޮށް ކުޑަކުދިން ފެންގަނޑަށް އެރެ ކުޅެ ނުހެދުން

2) ފެންގަނޑަށް އެރެން ޖެހިއްޖެ ނަމަ ވޯޓާ ޕްރޫފް ތަކެތި ބޭނުންކުރުން

3) ހަންގަނޑުގައި ފާރުގަނޑެއް ހުރިނަމަ ފެނަށް ނޭރުން

4) ފެން ހިންދުމާއި ސާފު ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުން

5) ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން

6) ފެނުން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުން ނުކުރުން

9) ގޯތި ތެރޭގައި އަދި ދަނޑުގައި ފެންބޮޑުވެފައިވާނަމަ، ހައްދާފައިވާ ގަހުގައި އެޅި ކާބޯތަކެތި ބޭނުން ކުރުމުގެ ކުރިން ރަނގަޅަށް ދޮވުން

10) ބުއިމަށާއި، ކެއްކުމަށް އަދި ތަށިދޮވުމަށް ކެއްކި ވާރޭފެން، ސަޕްލައި ފެން ނުވަތަ ފުޅީގައި ބަންދުކުރެވިފައިވާ ފެން ބޭނުންކުރުން. އަދި ސެޕްޓިކް ޓޭންކް އޯވާފްލޯ ވެފައިވާނަމަ، ވަޅުފެން ބޭނުން ކުރުމުގެ ކުރިން ކްލޮރިން ކުރުން ނުވަތަ ރަނގަޅަށް ކައްކައިގެން ފެން ބޭނުން ކުރުން

11) ފެނާއި ކާބޯތަކެތި އަދި ބޭސް ރައްކާތެރިކޮށް ބެހެއްޓުމާއި ފެން ހިމްދުމަށްފަހު ގޭތެރެ ސާފު ކުރުމާއި ބެހޭގޮތުން އެޗްޕީއޭއިން އާއްމުކޯށްފައިވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުން

12) ގެއާއި ގޯތިތެރޭގައި އަދި އާއްމު ތަންތަނުގައި ފެން ހަރުލާފައިވާ ތަކެތިން ފެން ހުސްކޮށް، ފެން ހަރުނުލާނޭހެން ބަންޑުން ޖަހައި ނުވަތަ މަތި ޖަހައި ނުވަތަ ސަތަރިއެއް ފަދަ އެއްޗެއް އަޅައި ބަންދުކުރުން. ނުވަތަ ފެން ނޭޅޭނެ ތަނަކަށް ބަދަލުކުރުން. މަތިޖަހާއިރު ނުވަތަ ސަތަރި އަޅާއިރު، ސަތަރީގެ ނުވަތަ މަތިގަނޑުގައި ވެސް ފެން ހަރުނުލާނޭކަން ކަށަވަރު ކުރުން

13) ދިޔަދޮވި ބެދުނަ ނުދީ ސާފުކުރުން

އެޗްޕީއޭއިން ވަނީ މިކަންކަމަށް ސަމާލުވެ އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނި، ހާލަތު ގޯސްވާނަމަ، ލަސްނުކޮށް ސިއްހީ ލަފާހޯދުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.