ޖަޕާންގެ ބޮޑު ވަޒީފު ނޫސްވެރިންނާއި ބައްދަލުކުރެއްވުން---ފޮޓޯ: އޭއެފްޕީ
ދުނިޔެ
14 Aug 2024 | 16:36
ޖަޕާނުގެ ބޮޑުވަޒީރު އިތުރު ދައުރަކު ނުހުންނަވާނެ

އަންނަ މަހު އޮންނަ އިންތިޚާބުގައި ޖަޕާނުގެ ވެރިކަންކުރަމުން އަންނަ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލް.ޑީ.ޕީ)ގެ ލީޑަރޝިޕަށް ވާދަނުކުރައްވާނެކަމަށް ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވިދާޅުވެއްޖެއެވެ.

މިއަދު ޓޯކިޔޯގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކިޝީޑާ ވިދާޅުވީ މިއީ އެލް.ޑީ.ޕީގެ އިސްސަފަށް އައު މޫނެއް އަންނަންވީ ވަގުތުކަމަށާއި، ޕާޓީ ލީޑުކުރައްވަން ވަޑައިގަންނަވާ ބޭފުޅަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި މިވަގުތު މުހިއްމީ އެލް.ޑީ.ޕީއަކީ ބަދަލުވަމުން އަންނަ، ޑިމޮކްރެޓިކް ޕާޓީއެއްކަން ރައްޔިތުންނަށް އެނގުންކަމަށާއި، އެ ބަދަލުތަކުގެ ފެށުން ވާން ޖެހެނީ ލީޑަރޝިޕްގެ ބަދަލުވުމުންކަމަށް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

އެލް.ޑީ.ޕީގެ ލީޑަރަކަށް ކިޝީޑާ އިންތިޚާބުވެވަޑައިގަތީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި އޭގެ ދުވަސްކޮޅެއްފަހުން ޖަޕާނުގެ އާއްމު އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.

އެހެންނަމަވެސް އެލްޑީޕީއަށް މިފަހަކަށް އައިސް ކުރިމަތިވި ހިޔާނާތުގެ ތުހުމަތުތަކުގެ ސަބަބުން ކިޝީޑާގެ މަގުބޫލުކަންވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ޕާޓީގެ އިވެންޓްތަކަށް ޓިކެޓް ވިއްކައިގެން ލިބުނު ފައިސާތަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު ގާނޫނު ހަދާމަޖިލީހުގެ ގިނަ މެމްބަރުންތަކަކަށްވަނީ ކުރިމަތިވެފައެވެ.

80 ވަރަކަށް މެމްބަރުންނަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭއިރު، މީގެ ތެރޭގައި އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ވަފާތެރި ފެކްޝަންގެ މެމްބަރުން ގިނައެވެ.

މީގެ އިތުރުން ޔެންގެ އަގު ވެއްޓި، ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން ރައްޔިތުންގެ ނުރުހުން ކިޝީޑާއަށާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަމަށް އާއްމުކޮށް ވަޑައިގަންނަވަނީ ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ނަގާ ޕާޓީގެ ލީޑަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.