ވަޒީރު ޝަފީއު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Aug 2024 | 16:23
ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ހުށަހަޅަންޖެހޭ އިސްލާހުތައް މި ދަނީ ބަލަމުން: ވަޒީރު ޝަފީއު

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން، ޝަކުވާ ބޮޑުވި ކަންކަމުގައި އިސްލާހު ގެންނަން ޖެހޭތޯ ބަލަމުންދާކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

"މިހާރު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަފީއު ވިދާޅުވީ، ދައުލަތުގެ ޕޭހަމަނައިޒޭޝަންގެ ވަކި ޕޮލިސީއެއް އޮތްއިރު، އެ އެލަވަންސްތައް މިހާރު ތައާރަފް ކުރަނީ ޕޭ ކޮމިޝަންގެ ތެރެއިން ކަމަށެވެ.

ކުރީގެ ސަރުކާރުން ހެލްތު ދާއިރާގެ މުސާރަތައް ބޮޑުކުރުމުން އެލަވަންސްތައް ލިބުމުގައި އެ ދާއިރާގައި ވެސް ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ޝަފީއު ވިދާޅުވީ، މިހާރު މި އޮތް ޕޭ ފްރޭމްވޯކަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ބަލަމުންދާ ކަމަށެވެ.

"މިހާރު މި އޮތް ޕޭ ފްރޭމްވޯކަށް އަޅުގަނޑުމެން މިހާރު މި ދަނީ ބަލަމުން ކޮން ކަހަލަ ބަދަލުތަކެއްތޯ، އިސްލާހުތަކެއްތޯ ހުށަހަޅަން ޖެހޭނީ. ކޮން ކަހަލަ ބަދަލުތަކެއްތޯ ގެންނަން ޖެހޭނީ."

ވަޒީރު ޝަފީއު ވިދާޅުވިއެވެ.

ކުއްލިއަކަށް އެފަދަ ބަދަލެއް ގެނެސްފި ނަމަ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ހިނގަމުން ނުދާނެ ކަމަށާއި، ބަދަލެއް ގެންނާނީ އޮނިގަނޑު މުރާޖައާކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމަށް  މޭ 1، 2022 ގައި ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައެވެ. އެ ބަދަލާއިއެކު ޓިީޗަރުންގެ މުސާރަ ބޮޑުވި ނަމަވެސް އެލަވަންސްތައް އުނިވުމުން ޝަކުވާ ބޮޑުވި އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް އޮތީ، ރަށްރަށަށް ބަދަލުވާ ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ލިބެމުން ދިޔަ އެލަވަންސް އުނިވުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ރބ
ކުރީ ސަރުކާރުން ނުދީ ހުރި ބޯނަސްތައް ވެސް ދޭންވާނެ.
14 Aug 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.