ލަންކާ މުބާރާތުގައި ވާދަކުރާ ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ ޓީމު... ފޮޓޯ: ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރު
ކުޅިވަރު
15 Aug 2024 | 12:07
އެސީޕީބީއޭ ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ނައިފަރު އެކަޑަމީ ޓީމު، ލަންކާއަށް ދިއުމައްޓަކައި މިއަދު ފުރައިފި

ސްރީލަންކާގެ އަނޫރާދަޕޫރާގައި އޮންނަ އެންސީޕީބީއޭ އޯލް އައިލެންޑް އޯޕަން ބެޑްމިންޓަން ޗެންޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ ޓީމު މުބާރާތުގައި ވާދަކުރުމަށްޓަކައި ލަންކާއަށް ދިއުމަށް މިއަދު ފުރައިފިއެވެ.

ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ މެނޭޖަރު ރަޝްވާން އަހުމަދު ވޮއިސް ސްޕޯޓްސްއަށް މައުލޫމާތު ދިން ގޮތުގައި މިއަދު ލަންކާއަށް ފުރި އެކަޑަމީގެ ޓީމުގައި ހިމެނެނީ 11 ކުޅުންތެރިންނެވެ. އޭގެތެރޭގައި ހިމެނެނީ ހަތް ފިރިހެން ކުޅުންތެރިންނާއި ހަތަރު އަންހެން ކުޅުންތެރިންނެވެ.

އޭގެތެރޭގައި 13 އަހަރާއި 15 އަހަރުންދަށު އަންހެން އަދި ފިރިހެން އުމުރުފުރާގެ އިތުރުން 17 އަހަރުން ދަށުގެ ފިރިހެން ސިންގަލް އަދި ޑަބަލްސް އިވެންޓުގައި ވެސް މިކުޅުންތެރިން ވާދަކުރާނެވެ.

އިތުރަށް ވާހަކަދައްކަމުން ރަޝްވާން ބުނީ މިފަދަ މުބާރާތެއްގައި އެކަޑަމީން ބައިވެރިވުމުގެ އެންމެ ބޮޑު މަގުސަދަކީ ވާދަވެރި މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތު މިކުދިންނަށް ހޯދައިދިނުމެވެ. އަދި މިފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އެކަޑަމީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ނައިފަރުގެ ކައުންސިލާއި ކުޅުންތެރިންގެ ބެލެނެވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން... 

މީގެ އިތުރުން މިދަތުރުގައި ޓީމާއެކު އެކަޑަމީގެ ހެޑްކޯޗް ހުސެއިން ރަޝީދުގެ އިތުރުން އަބްދުލް ރައޫފް ބައިވެރިވިއިރު، މުބާރާތުގެ ކުރިން ލަންކާގެ ތަޖުރިބާކާރު ކޯޗަކާއެކު އިތުރު ތަމްރީނުތަކެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ