މިޔަރެއް-- ފޮޓޯ: އައިއެމްޓީއެމް
ހަބަރު
15 Aug 2024 | 15:26
ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ގެނެސް، ބޭރުކުރުމުގެ ހުއްދަ ދެނީ

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރާއިރު، ލޭނުގައި ޖެހޭ މިޔަރުތައް އެއްގަމަށް ގެނެސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ހުއްދަ ލިބޭ ގަވާއިދެއް އެކުލަވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން އާއްމު ކުރި ރާއްޖޭގައި ލޭނު މަސްވެރިކަމުގެ ހުއްދަ ދިނުމަށް ހާއްސަ ގަވާއިދުގައިވާ ގޮތުން،  ލޭނުގައި ޖެހޭ މިޔަރުތައް މަރުވެފައިވާނަމަ އެއްގަމަށް ގެނެސް އޮންނަ އުސޫލުގެ ތެރެއިން ލައިސަންސް ދޫކުރެވިފައިވާ ބަޔަކަށް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ހުއްދަ ލިބިގެން ދާނެ އެވެ.

މިނިސްޓްރީން ބުނީ، މިގޮތަށް ހުއްދަ ދިން ނަމަވެސް މިއީ, ދިވެހިރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުމަށްހުޅުވާލުން ނޫންކަމަށާއި  ހުޅުވާލުމުގެ ވިސްނުމުގައި ގައި އަޅާ ފިޔަވަޅެއްވެސް ނޫންކަމަށެވެ.

މިގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ، ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސް ކުރެވޭ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ މިގަވާއިދުގެ ދަށުން މަނާކަމެއް ކަމަށާއި، ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ފަދަ މަސްވެރިކަމުގައި ހިފޭ ބައިކެޗް މަދުކުރުމުގެ ގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ހިމެނިފައިވާނެ ކަމަށެވެ.

މިގޮތުން، ބައިކެޗްގެ ގޮތުގައި ހިފޭ މިޔަރު މަދުކުރުމުގެ ގޮތުން، އުޅަނދުގައި ބޭނުންކުރާ ލޭނުކޮޅު  (ބްރާންޗް ލައިން) ގެ މިޔަވާލި (ލީޑަރ) ގެ ގޮތުގައި ވަޔަރު ނުވަތަ ނަރު ( ވަޔަރ ޓްރޭސް) ބޭނުންކޮށްގެން ނުވާނެ ކަމަށާއި، ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަށް ދޫކޮށްލަންވާނެކަމަށާއި، މިގޮތަށް މިޔަރު ދޫކޮށްލާއިރު މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި ބުޅި ނައްޓާ އާލާތް (ޑީ-ހުކަރ) އަދި ލޭނުކޮޅު ބުރި ކުރާ އާލާތް (ލައިންކަޓަރ) ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާވެސް ކައިރިން ނަނު ބުރިކޮށްލަން އިރުޝާދު ދީފައިވާނެ ކަމަށް އެގަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް، ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުވެފައިވާ މިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް އުރަހައެއް އޭގެ ހަށިގަނޑުން ވަކިނުކޮށް ކަމަށާއި، މިއީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ލޭނު މަސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް ކަމަށް ވެސް ގަވާއިދުގައިވެއެވެ.

ލޭނުގައި ޖެހި މަރުވެފައިވާ މިޔަރު އެއްގަމަށް ގެނެސް، މިޔަރު ޕްރޮސެސްކުރުމަށް ޚާއްސަ ލައިސަންސެއް ދޫކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާއިރު, މި ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށް މިޔަރު ކިރާ، ޕްރޮސެސްކުރުމަށް މިގަވާއިދުގެ ދަށުން ހުއްދަ ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮސެސިންސް ފެސިލިޓީތައް ހިންގުމުގައި، ފިޝަރީޒް މިނިސްޓްރީން ލައިސަންސްކުރާ އެހެން މަސް ޕްރޮސެސްކުރާ ފެސިލިޓީތަކެކޭ އެއްފަދައިން ކިރާ މިޔަރުގެމައުލޫމާތު އެ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ފޮނުވާ، މަސް ޕްރޮސެސްކުރުމުގެ ލައިސަންސްގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭނެއެވެ.

އެހެންކަމުން، ފިޝަރީޒް މިނިސްޓްރީން ވަނީ "ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދު" އަށް އާއްމުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިގަވާއިދަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޯގަސްޓް 18 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.