ޓެކްސީ ތަކެއް-- ފޮޓޯ: ވޮއިސް
ހަބަރު
15 Aug 2024 | 15:11
ހަމައެކަނި ޓެކްސީތަކަށް ޚާއްސަކޮށް ޕާކިން ޒޯނެއް ކަނޑައަޅަން ނިންމައިފި

ހަމައެކަނި ޓެކްސީތަކަށް ޚާއްސަކޮށް ޕާކިން ޒޯނެއް މާލެ އާއި ހުޅުމާލޭގައި ކަނޑައަޅަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިމިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންއެވެ.

މިގޮތުން މިކަމާއި ގުޅޭގޮތުން މިނިސްޓަރު އަމީން ވިދާޅުވީ، ކުރިއަށްއޮތް ދެ ހަފުތާ ތެރޭ މަލެއާއި ހުޅުމާލޭގައި ތަރައްގީކުރާ ޕާކިންޒޯންތައް ކަނޑައަޅަން ފަށާއިރު، އޭގެ ތެރޭގައި ޓެކްސީތަކަށް ހާއްސަ ޒޯންތައް ހިމެނޭނެކަމަށެވެ.

"އެއީ ދާއިމީކޮށް ޓެކްސީ ކުރާ ބޭފުޅުންނަކަށް ވެސް އޮންނަން ޖެހޭ ތަނެއްނޫން. އެކަމަކު މި މަސައްކަތުގައި އުޅުއްވާފައި ޓެކްސީ ޑްރައިވަރުން ބްރޭކެއް ނަގާ ގަޑީގައި އެކަހަލަ ތަންކޮޅެއް ކުޑަ ވަގުތެއްގައި ޕާކު ކުރުމަށްޓަކައި، ހުރިހާ ޓެކްސީ ޑްރައިވަރުންނަށް ބޭނުން ކުރެވޭ ގޮތަށް އެތަން ކަނޑައެޅިގެން ދާނީ"

މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ހުޅުމާލޭގައި އެކަމަށް ޚާއްސަ ޒޯނަށް ބިމެއް ބަލާފައިވާއިރު، މިކަމަށްޓަކައި މާލެއިން ބިމެއް ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ޒޯނުތަކުގައި ޕާކު ކުރެވޭނީ ހަމައެކަނި ޓެކްސީ ބޯޑު އޮންނަ ފަރާތްތަކަށް ކަމަށާއި އެތަނަށް ވެސް ގަވާއިދެއް ހަދައި އިއުލާނު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.