އުތުރު ކޮރެއާ ގެ ރައީސް ކިމް ޖޮންގް އުން-- ފޮޓޯ: ނިއުސް އެކްސް
ދުނިޔެ
15 Aug 2024 | 17:05
ކޮވިޑަށް ފަހު އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ފަތުރުވެރިކަމަށް ބޯޑަރު ހުޅުވާލަނީ

ކޮވިޑް-19 އާ ގުޅިގެން ގާތްގަނޑަކަށް 5 އަހަރު ވަންދެން ބޯޑަރުތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު، އުތުރު ކޮރެއާއިން ބޭރުގެ ފަތުރުވެރިންނަށް އަލުން ބޯޑަރުތައް ހުޅުވާލަން ނިންމައިފިއެވެ.

ޗައިނާގެ ބެއިޖިންގްގައި ހިންގާ ކޯރިޔޯ ޓުއަރސްއިން ބުނީ، އުތުރު ކޮރެއާގެ ސަމްޖިޔޯން ސިޓީއަށާއި އެނޫންވެސް ހިސާބުތަކަށް ފަތުރުވެރިން ގެނައުމަށް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވާލާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހަމައެއާއިއެކު، ޗައިނާގެ ޝެންޔަންގްގައި ހިންގާ ކޭޓީޖީ ޓުއަރސްއިން ވެސް ވަނީ 2024 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ފަތުރުވެރިންނަށް ސަމްޖިޔޯންއަށް ދެވޭނެ ކަމަށް އިއުލާނުކޮށްފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުނު 2020 އިން ފެށިގެން އުތުރު ކޮރެއާއަށް ބޭރުގެ ފަތުރުވެރިން ދަތުރުކުރުން ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ،

މީގެ ކުރިން ދުވަހަކު ވެސް މިހާ ގިނަ އަހަރުތަކަކަށް ބޯޑަރުތައް ބަންދުކޮށްފައިނުވާ ކަމަށް އުތުރު ކޮރެއާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ކޯރިޔޯ ޓުއަރސްއިން ވަނީ ބުނެފައެވެ.

އުތުރު ކޮރެއާއިން ބައިނަލްއަޤްވާމީ ފްލައިޓްތަކަށް މިދިޔަ އަހަރު ބޯޑަރު ހުޅުވާލިފަހުން، މިއަހަރުގެ ފެބްރުއަރީ މަހު  މައްޗަށް އެކުލެވޭ ރަޝިއާގެ ފަތުރުވެރިންގެ ގްރޫޕެއް އުތުރު ކޮރެއާއަށް ދިޔައިރު، ރަޝިއާގެ ރައީސް ވްލަދިމީރް ޕުޓިން ހިމެނޭގޮތަށް، އެހެން ޤައުމުތަކުގެ އިސް ވެރިންވެސް އެ ޤައުމަށް ޒިޔާރަތްކޮށްފައިވެއެވެ.

އެހެންނަމަވެސް، 2020 އިން ފެށިގެން މިހާތަނަށް އުތުރު ކޮރެއާއިން ބައިނަލްއަޤްވާމީ ފަތުރުވެރިންނަށް މިހާ ހާމަކޮށް ހުޅުވާލާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.