ޖޯލި މޯލްޑިވްސް އާއި ކުޑަފުށި ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: އިތާ ފެސްބުކް
ކުޅިވަރު
16 Aug 2024 | 08:02
އެންމެ ފަހުގެ ރަނަރަޕް ކުޑަފުށި ކަޓުވާލުމަށްފަހު ޖޯލި މޯލްޑިވްސް ފައިނަލަށް

ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ސެމީފައިނަލުގެ ދެވަނަ މެޗުގައި ފަސޭހަކަމާއެކު ސިދާ ތިން ސެޓުން އެންމެ ފަހުގެ ރަނަރަޕް ކުޑަފުށު ބަލިކޮށް ޖޯލި މޯލްޑިވްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޖޯލި މޯލްޑިވްސް މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާއިރު، ކުޑަފުށި ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ސެޓް ހަތް ޕޮއިންޓްގެ ލީޑަކާއެކު 18-25 ގެ ނަތީޖާއަކުން ޖޯލި މޯލްޑިވްސް ކާމިޔާބުކުރިއިރު، ދެވަނަ ސެޓުގައި ކުޑަފުށިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އަދި މިސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފަސް ޕޮއިންޓްގެ ފަރަގަކާއިއެކު ޖޯލިން މިސެޓް ކާމިޔާބުކުރީ 25-20 ގެ ނަތީޖާއަކުންނެވެ.

މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޯލިން މެޗުގެ ތިންވަނަ ސެޓުގައި އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 11 ޕޮއިންޓްގެ ފަރަގަކާއެކު 14-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ ތަރިންދު ލަކްމަލް އެވެ.

މި މުބާރާތަކީ މީދޫގެ ކުލަބު ޖަމުއިއްޔާއެއް ކަމަށްވާ އެކުވެރި ކްލަބުން އިންތިޒާމުކޮށް، މި އަތޮޅުގައި ހިމެނޭ ރިސޯޓްތަކަށް ހުޅުވާލައިގެން 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ސެމީ ފައިނަލަށް ހޮވުނުއިރު، މުބާރާތުގެ ފައިނަލުގައި މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 21:00 ގައި ޖޯލި މޯލްޑިވްސް ނުކުންނާނީ އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީންގ އާއި ދެކޮޅަށެވެ.

މީގެ އިތުރުން މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް މައިލޯ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.