މަކުނު ވިދުރި ޖެހުފައިވާ ކުއްޖެއް: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
16 Aug 2024 | 10:48
ސްވިޑެން އިން މަކުނު ވިދުރީގެ ފުރަތަމަ ކޭސް ފެނިއްޖެ!

ސްވީޑަން އިން މަކުނު ވިދުރި ނުވަތަ އެމްޕޮކްސްގެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށްވާ އެމްޕޮކްސް ކްލޭޑް 1 ގެ ފުރަތަމަ ކޭސް ފެނިއްޖެއެވެ.

ސްވީޑަނުގެ ސަރުކާރުން މި ކަން އިޢުލާނު ކުރީ ބުރާސްފަތި ދުވަހުއެވެ. މިއީ އެފްރިކާގެ ބޭރުގައި މި ވައްތަރުގެ ފުރަތަމަ ކޭސް ފެނުނު ފަހަރެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރަޙައްދުގައި އިތުރު ކޭސްތައް ފެނިދާނެކަމަށް ބެލެވޭ ކަމަށް އެ ސަރުކާރުން ބުނެފައިވެއެވެ.

"މިހާރު މެންދުރުފަހު ވަގުތެއްގައި ކަށަވަރުވެއްޖެ އެމްޕޮކްސްގެ އިތުރަށް ނުރައްކާތެރި ވައްތަރެއްކަމަށްވާ ކްލޭޑް 1 ގެ އެއް ކޭސް ސްވީޑަނުގައި ފެނިފައިވާކަން،" ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްވިޑެންގެ ސިއްޙަތާއި އިޖްތިމާޢީ ކަންކަމާބެހޭ ވަޒީރު ޖަކޮބް ފޯސްމެޑް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ބުދަ ދުވަހު ވަނީ ދެ އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް އެމްޕޮކްސް ބަލި ދުނިޔޭގެ ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލެއްގެ ގޮތުގައި އިޢުލާނުކޮށްފައެވެ. މިއީ ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކްގައި ފެތުރުނު ބައްޔެއް އެހެން ޤައުމުތަކަށް ފެތުރުމާ ގުޅިގެންނެވެ.

މިހާތަނަށް އެމެރިކާ އާއި ކެނެޑާގައި މި ބަލީގެ އެއްވެސް ކޭހެއް ފާހަގަކުރެވިފައެއް ނުވެއެވެ. ސްވީޑަންގެ ޢާންމު ސިއްޙަތާބެހޭ އިދާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޭހުގެ އިތުރުންވެސް ކުރިއަށް އޮތް ތަނުގައި އެގައުމަށް އިމްޕޯޓްވާ މަދު ކޭސްތަކެއް ފެންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސްވީޑަންގެ ދައުލަތުގެ އެޕިޑެމިއޮލޮޖިސްޓް މެގްނަސް ގިސްލެން ބުނެފައިވަނީ މި މީހާއަށް ބަލި ޖެހިފައިވަނީ "އެމްޕޮކްސް ކްލޭޑް 1 ބޮޑަށް ފެތުރިފައިވާ އެފްރިކާގެ ސަރަޙައްދަކަށް" ދަތުރެއް ކުރުމުގެ ތެރޭގައި ކަމަށާއި، ސްޓޮކްހޯމްގައި ސިއްޙީ އެހީއަށް އެދުމަށްފަހު އެ މީހާއަށް މިހާރު "ފަރުވާ ލިބިފައިވާ" ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.