ހުކުރު ޚުތުބާ އަޑުއެހުމަށް ޖަމާއަތް ހަދައިގެން: ފޮޓޯ/އިސްލާމިކް މިނިސްޓްރީ
ދީން
16 Aug 2024 | 12:52
އިސްލާމީ އުންމަތަށް ކުރިން ލިބުނު ޢިއްޒަތާއި ކަރާމާތް ލިބޭނީ ޤުރްއާނާއި ސުންނަތަށް ރުޖޫޢަވެގެން: ޚުތުބާ

އިސްލާމީ އުންމަތަށް ކުރިން ލިބުނު ޢިއްޒަތާއި ކަރާމާތް ލިބޭނީ، ކީރިތި ޤުރްއާނާއި ރަސޫލާ ޞޢވގެ ޠާހިރު ސުންނަތަށް ރުޖޫޢަވެ ދީނުގައި އަންގަވައިފައިވާ ގޮތުގައި ސާބިތުވެތިބެގެން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

“ފަލަސްޠީނާއި މުސްލިމުން” މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ފަލަސްޠީނުގެ މައްސަލައަކީ މުސްލިމުންގެ ޢަޤީދާއާއި މުޅި އިސްލާމީ އުންމަތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި ބަޔަކު ކިތަންމެ ވަރަކަށް އޮޅުވައިލާން އުޅުނަސް، ފަލަސްޠީނުގެ ބިމާ، މުސްލިމުންނާ ގުޅިފައިވާ މިންވަރު، އޮޅުވައެއް ނުލެވޭނެ ކަމަށެވެ. 

ފަލަސްޠީނުގެ ޣައްޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޢަމަލުތަކަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައިނުވާ ފަދަ އަނިޔާވެރިކަމެކެވެ. މަތިން އަޅަމުންދާ ބޮންތަކުންނާއި ތިރިން ދޭ ޙަމަލާތަކުން ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ޝަހީދުވަމުންދެއެވެ. މި ހަފުތާއާ ހަމައަށް ސާޅީސް ހާހަށްވުރެ ގިނަމުސްލިމުން ޣައްޒާގައި ޝަހީދުކޮށްލައިފައިވާއިރު، މިއަދު އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާކަމަށް ދައުވާކުރާ އެންމެން ވަނީ އެ އަނިޔާވެރިކަމުގެ ކުރިމަތީގައި ހަނު ތިބޭބަޔަކަށް ވެފައެވެ. 

ޚުތުބާ

މީގެ އިތުރުން ޚުތުބާގައި ވަނީ ޔަހޫދީންނާއި އެބައިމީހުންގެ ބައިވެރީންގެ ޙީލަތްތެރި ރޭވުމުގެ ދަށުން، ފަލަސްޠީނަށް ވެރިވެގެންގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ. 

އެގޮތުން ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު، އިސްލާމީ ޚިލާފަތު ވައްޓައިލައި، ފަލަސްޠީނު އިނގިރޭސި ވެރިކަމުގެ ދަށަށް ގެންދިޔަ ކަމަށާ ޔަހޫދީންގެ މަކަރާއި ޙީލަތާއި އޮޅުވައިލުމުގެ ތެރެއިން، ފަލަސްޠީނުގައި އެ މީހުންނަށް ވަޒަނެއް ހަދައިދިނުމުގައި އެހީތެރިވުމުގެ ވަޢުދެއް އިނގިރޭސީންގެ އަތުން، ޔަހޫދީން ހޯދި ކަމަށް ބުނެފައިވެއެވެ. އަދި މި ވަޢުދާ ވިދިގެން ދުނިޔޭގެ އެތަން މިތާނގައި އުޅުނު ޔަހޫދީން ފަލަސްޠީނުގެ ބިމަށް ގެންގޮސް ވަޒަންވެރިކުރުވިކަންވެސް ފާހަގަކޮށްފައިވެއެވެ.  

ޔަހޫދީން ނަވާރަސަތޭކަ ފަސްދޮޅަސް ހަތްވަނަ އަހަރު ޤުދުސް ހިފައި އަލްމަސްޖިދުލްއަޤްޞާ އަންދައިލުމުން ޔަހޫދީންގެ އޭރުގެ ދިފާޢީ ވަޒީރު މޯޝޭ ދައްޔާނާމުޚާޠަބުކޮށް ނޫސްވެރިޔަކު ބުންޏެވެ. މުސްލިމުން ދެކޭ ގޮތުގައި ކީރިތި ޤުރްއާނުގައިވާ ފަދައިން އެމީހުން އަލްމަސްޖިދުލްއަޤްޞާއަށް ދެވަނަ ފަހަރަށް ވަންނާނެތެވެ. ޖަވާބުގައި އޭނާ ބުންޏެވެ. ހާސް ނުވާށެވެ! މިޖީލުގެ މީހުން ނުވަންނާނެތެވެ. އެ ކަން ވާނީ ހުކުރު ނަމާދަށް ދާ މުސްލިމުންގެ ޢަދަދަށް އެބައިމީހުން ފަތިސް ނަމާދަށް ދާން ފަށާ ދުވަހަކުންނެވެ. 

ޚުތުބާ

މިއާއެކު ޚުތުބާގައި ވަނީ ދުނިޔޭގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޢަދަދު މިއަދު މިވަނީ، ދެ ބިލިޔަނަށް އަރައިފައިވާއިރު، ޔަހޫދީންގެ ޢަދަދަކީ ގާތްގަނޑަކަށް ފަނަރަ މިލިޔަން ކަން ފާހަގަކޮށް، މިފަދަ މަދު ޔަހޫދީންކޮޅަކަށް، މި ބޮޑު، އިސްލާމީ އުންމަތުގެ މައްޗަށް އަތްގަދަކޮށް އެއުންމަތުގެ މުޤައްދަސް ބިންތައް ފޭރިގަނެވުނީ ކޮންގޮތަކުންތޯ ސުވާލުކޮށްފައެވެ.

މީގެ ޖަވާބު ކީރިތި ރަސޫލާ ޞޢވ ވަނީ، ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (يُوْشِكُ الْأُمَمُ أَنْ تَدَاعَى عَلَيْكُمْ كَمَا تَدَاعَى الْأَكَلَةُ إِلَى قَصْعَتِهَا)، فَقَالَ قَائِلٌ: وَمِنْ قِلَّةٍ نَـحْنُ يَوْمَئِذٍ؟ قَالَ: (بَلْ أَنْتُمْ يَوْمَئِذٍ كَثِيْرٌ، وَلَـٰكِنَّكُمْ غُثَاءٌ كَغُثَاءِ السَّيْلِ، وَلَيَنْزِعَنَّ اللهُ مِنْ صُدُوْرِ عَدُوِّكُمُ الْمَهَابَةَ مِنْكُمْ، وَلَيَقْذِفَنَّ اللهُ فِيْ قُلُوْبِكُمُ الْوَهْنَ)، فَقَالَ قَائِلٌ: يَا رَسُوْلَ اللهِ ، وَمَا الْوَهْنُ؟ قَالَ: (حُبُّ الدُّنْيَا، وَكَرَاهِيَةُ الْمَوْتِ) މާނައީ: "ބަޔަކަށް ޖާފަތަކަށް އަންނާންގޮވުމުން، އެބައިމީހުން އައިސް ކާތަކެތީގެ މަށްޗަށް އަރައިގަންނަ ފަދައިން، އުންމަތްތައް ތިޔަބައިމީހުންގެ މައްޗަށް އަރައިގަންނަ ދުވަސް ގާތްވެއްޖެއެވެ."

އެހިނދު ބޭކަލަކު ދެންނެވިއެވެ. އެކަން އެ ދުވަހަކުން ވާނީ ތިމަންމެންގެ ބައި މަދުވެގެންތޯއެވެ؟

ޙަދީޘްކުރެއްވިއެވެ. "އަދި ކިއެއްހެއްޔެވެ؟ އެ ދުވަހަކުން، ތިޔަބައިމީހުން ވަރަށް ގިނަވާނެއެވެ. އެކަމަކު، ތިޔަބައިމީހުން ވާހުށީ، އޮއިކުނިތަކެއް ފަދަ އެއްވެސް އަގެންނެތް ބަޔަކަށެވެ. އަދި ތިޔަބައިމީހުންގެ ޢަދުއްވުންގެ ހިތްތަކުގައި ތިޔަބައިމީހުންގެ މައްޗަށް އުފެދިފައިވާ ހައިބަވަންތަކަން، الله سُبْحَانَهُ وَتَعَالَى، އެ ހިތްތަކުން ނެރެލައްވައިފާނެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކަށް ވަހުނު ވައްދަވައިފާނެއެވެ." އެހިނދު ބޭކަލަކު ދެންނެވިއެވެ. އޭ، اللهގެ ރަސޫލާއެވެ! ވަހުނަކީ ކޮންއެއްޗެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެއީ، ދުނިޔެއަށް ދަހިވެތިވުމާއި، މަރަށް ނުރުހުންތެރި ވުމެވެ."

މިއާއެކު ޚުތުބާގައި ބުނީ އިސްލާމީ އުންމަތަށް ކުރިން ލިބުނު ޢިއްޒަތާއި ކަރާމާތް ލިބޭނީ، ކީރިތި ޤުރްއާނާއި ރަސޫލާ ޞޢވގެ ޠާހިރު ސުންނަތަށް ރުޖޫޢަވެ ދީނުގައި އަންގަވައިފައިވާ ގޮތުގައި ސާބިތުވެތިބެގެން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ