މަކުނު ވިދުރި ޖެހިފައިވާ ކުއްޖެއް-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
17 Aug 2024 | 10:14
މަކުނު ވިދުރީގެ 3 ކޭހެއް ޕާކިސްތާނުން ފެނިއްޖެ

ޕާކިސްތާނުން މަކުނު ވިދުރި ނުވަތަ އެމްޕޮކްސްގެ ތިން ކޭހެއް ފެނިއްޖެއެވެ.

ޕާކިސްތާނުގެ އުތުރުގައި އޮންނަ ހައިބަރ ޕަހްތުންހްވާ ސޫބާގެ ސިއްޙީ ޑިޕާޓްމަންޓުން އިއްޔެ ރިޕޯޓުކުރި ގޮތުގައި އެ ސަރަޙައްދުން މަންކީޕޮކްސް ފެނިފައިވަނީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އައި ތިން މީހުންގެ ގައިންނެވެ.

މީގެ ކުރިންވެސް ޕާކިސްތާނުން މި ވައިރަސް ފެނިފައިވާއިރު، މި ތިން މީހުންގެ ގައިން ފެނިފައިވަނީ އަލަށް ފެތުރެމުންދާ މި ބަލީގެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށްވާ އެމްޕޮކްސް ކްލޭޑް 1 ކަމެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

 މި ތިން މީހުންވެސް މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ.

އެފްރިކާއިން ފެނުނު، ވަރަށް ފަސޭހައިން ފެތުރޭ މި ބަލީގެ ކޭހެއް ބުރާސްފަތި ދުވަހު ސްވީޑަނުން ވެސް ފެނިފައިވާއިރު، މިއީ އެފްރިކާއިން ބޭރުން މި ބަލީގެ ވޭދަނަ އެއް ފެނުނު ފުރަތަމަ ފަހަރެވެ.

މި ބަލިމަޑުކަމަކީ ބައިނަލްއަޤްވާމީ ކަންބޮޑުވުން އޮތް ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާއިން ވަނީ އިޢުލާނުކޮށްފައިއެވެ.

މި ބަލީގައި، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ކޮންގޯގައި 27،000 ކޭސް ފެނިފައިވާއިރު، 1،100 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންކަން ފާހަގަކޮށްލަން ޖެހެއެވެ.

ވައިރަހަކުން ޖެހޭ މި ބަލި ޖެހުމުން، ފްލޫ ފަދަ އަލާމާތްތައް ފެނުމާއި އެކު ގައިގައި ފޮޅުތަކެއް ނަގައެވެ. މި ބަލީގެ ސަބަބުން ބައެއް ފަހަރު ފުރާނައަށް ނުރައްކާތެރިވާއިރު، ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، އެޗްއައިވީ ފަދަ ބަލިތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.