ހެދިކާ ތެރޭގައި އޮތް ފުޅިތޮށިކޮޅު-- ފޮޓޯ: ފޭސްބުކް/ މަޝޫ ހަސަން
ހަބަރު
17 Aug 2024 | 11:07
ކޭ ހެދިކާއެއްގައި ފުޅިތޮށިކޮޅެއް، ހެރުނީ ހިރުގަނޑަށް

ކޭ ހެދިކާއެއްގެ ތެރޭގައި އޮތް ފުޅިތޮށިގަނޑެއްގެ ސަބަބުން ކުއްޖެއްގެ ހިރުގަނޑު ކަފައިގެން ހިނގައްޖެއެވެ.

ގދ. ތިނަދޫގައި ހިނގި މިހާދިސާގެ ވާހަކަ ހިއްސާކުރަމުން، މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ފުޅިތޮށިކޮޅު އޮތް ހެދިކާ ގަތީ އެރަށުގައި ހެދިކާ ވިއްކާތަނަކުން ކަމަށެވެ. އެއީ އާއްމުކޮށް ހެދިކާ ވިއްކާ ތަނެއްކަމަށް އޭނާ ބުންޏެވެ. މި ހާދިސާގައި ކަފައިގެން ގޮސްފައިވަނީ ތިރީ ހިރުގަނޑެވެ.

މި ޕޯސްޓްގައި އޭނާ ވަނީ ފުޅިތޮށިކޮޅާއި، ކަފައިގެން ގޮސްފައިވާ ތަން ފެންނަ ފޮޓޯތައް ހިއްސާކޮށްފައެވެ.

ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓް-- 

މި ފިހާރަ އަކީ ތިނަދޫގެ ވަރަށް ގިނަ މީހުން ހެދިކާ ގަންނަ ތަނެއްކަން ފާހަގަކޮށް އޭނާ ވަނީ ހެދިކާ ހަދާ ތަންތަނުގެ ސާފުތާހިރުކަން ކުޑަތަނެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެއާއިއެކު، މި ޕޯސްޓަށް ގިނަ އަދަދެއްގެ ބަޔަކު ކޮމެންޓް ކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ބުނީ، އެ ފިހާރައިގެ ސާފުތާހިރުކަން ކުޑަކަން މީގެ ކުރިންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަންކަން ބަލާނެ ފަރާތެއް ނުވާކަމަށާއި، ކާތަކެތި ބަހައްޓާ އެ ފިހާރައިގެ ތެރޭގައި މެހިވެސް ގިނަ ކަމަށް މީހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެފަދަ ތަންތަނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

މި މައްސަލާގައި ވޮއިސް އިން ގދ. ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިސް ފަރާތެއްގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް އަދި ވަނީ މައުލޫމާތު ލިބޭގޮތް ނުވެފައެވެ. 

ކޮމެންޓް
ވާނުވާ.
ތިޔައީ ފުޅިތޮއްޓެއް ނޫން. ތަށިމުށި.
17 Aug 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.