އޮޅުމަކުން އޯކްލެންޑްގައި ބެހި މަސްތުވާތަކެތި އެކުލެވޭ މެޓާ-- ފޮޓޯ: އޭޕީ
ހަބަރު
17 Aug 2024 | 12:17
ނިއުޒިލެންޑްގެ ފުޑް ބޭންކަކުން ބެހި މެޓާތަކެއްގައި ހުރީ މަސްތުވާތަކެތި!

ނިއުޒިލެންޑްގެ ސިޓީއެއްކަމަށްވާ އޯކްލޭންޑުގައި ގެދޮރުނެތް މީހުންނަށް އެހީތެރިވަމުންދާ ޗެރިޓީއަކުން،  އާންމު ފަރުދެއްގެ ފަރާތުން ހަދިޔާކުރި ކެންޑީތަކެއް ހިމެނޭ ކާބޯތަކެތީގެ ޕާރުސަލްތަކެއް ބެހުމުގައި، އެނގުމަކާ ނުލައި މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ  މެތަމްފެޓަމިން އެކުލެވޭ މެޓާ ތަކެއް ބަހައިފިއެވެ.

މިކަމާއި ގުޅިގެން އޯކްލޭންޑް ސިޓީ މިޝަނުން ބުނީ، މި މެޓާތައް ހިމެނިދާނެ ޕާރުސަލްތައް ހޯދުމަށްޓަކައި 400 އާއި ގާތްކުރާ އަދަދެއްގެ މީހުން ހޯދުމަށް އެ ޗެރިޓީގެ މުވައްޒަފުން މަސައްކަތް ފަށާފައިވާކަމަށެވެ.

މިހާތަނަށް މި މެޓާތައް ކެއުމުގެ ސަބަބުން ތިން މީހަކު ހޮސްޕިޓަލުގައި ފަރުވާ ހޯދައިފައިވާއިރު، ފަރުވާއަށް ފަހު އެމީހުން ދޫކޮށްލާފައިވާ ކަމަށް އެ ޗެރިޓީން ބުނެއެވެ.

މަސްތުވާތަކެތި ޗެކްކޮށް، އެކަމާގުޅޭ ސިޔާސަތުތަކާއި ބެހޭ މަސައްކަތްކުރާ ނިއުޒިލޭންޑް ޑްރަގް ފައުންޑޭޝަނުން މި މެޓާތައް ޓެސްޓް ކުރުމަށްފަހު ހާމަކުރިގޮތުގައި، ކެންޑީގައި އެކުލެވިފައިވާ މެތެމްފެޓަމައިންގެ މިންވަރަކީ އާންމުކޮށް މީހަކު ބޭނުންކުރާ މިންވަރަށްވުރެ 300 ގުނަ އިތުރު މިންވަރެކެވެ. އަދި އެއީ ފުރާނަ އަށް ނުރައްކާވެ، މަރުވެދާނެފަދަ މިންވަރެއް ކަމަށް އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ. 

މި ފައުންޑޭޝަންގެ ތަރުޖަމާނެއްކަމުގައިވާ ބެން ބާކްސް އަންގ ބުނިގޮތުގައި، މި ފަދައިން އާއްމުތަކެތީގެ ތެރޭގައި މަސްތުވާތަކެތި އެއްކޮށް، އޮޅުވާލުމަކީ ގައުމުތަކުގެ ސަރަހައްދު ހުރަސްކޮށް މަސްތުވާތަކެތި އެތެރެކުރުމަށް ބޭނުންކުރާ އާންމު ގޮތެކެވެ. އަދި މިފަދަ މެޓާ ތައް އެގައުމުގެ އެކި ކަންކޮޅުތަކަށް ބެހިފައި ހުރެދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

މެތެމްފެޓަމައިން އެކުލެވޭ ކޮންމެ މެޓައެއްގެ މަގުމަތީ އަގަކީ 1،000 ނިއުޒިލޭންޑް ޑޮލަރު (608 އެމެރިކާ ޑޮލަރު) ކަމަށްވާއިރު، އެ ފުޑް ބޭންކަށް މި މެޓާތައް ހަދިޔާކުރި ފަރާތުން މިކަން ކޮށްފައިވަނީ ގަސްދުގައި ނޫންކަމަށާއި، އެއީ އޮޅުމަކުން ކަމަށް ބެލެވޭކަމަށް ބާކްސް އަންގ ބުންޏެވެ.

މި ތަކެތި ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެގައުމުގެ ފުލުހުން ވަނީ މިހާތަނަށް އޭގެ 65 މެޓާ ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.