މާލޭގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ
ހަބަރު
18 Aug 2024 | 12:01
ވިއްސާރައިގައި ވަގުތީ ހިޔާތަކަށް ބަދަލު ކުރި މީހުންގެ ތެރެއިން މިވަގުތު ތިބީ 2 ޢާއިލާއެއް: އެންޑީއެމްއޭ

ރާއްޖެ އަށް ދާދި ފަހުން ކުރި ވިއްސާރަގައި ގެދޮރަށް ގެއްލުންވެ، ވަގުތީ ހިޔާތަކަށް ބަދަލު ކުރި މީހުންގެ ތެރެއިން މިވަގުތު ތިބީ 2 ޢާއިލާއެއްކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

ވިއްސާރައިގައި ޖުމްލަ 5 ގޭބިސީއަކުން ވަގުތީ ހިޔާތަކަށް މީހުން ބަދަލުކޮށްފައިވާއިރު، މިކަމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ދިރިނޫޅެވޭ ވަރަށް ގެއްލުންވި 5 ގޭބިސީއަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި، ބައެއް ފަރާތްތައް މިހާރުވެސް ވަގުތީ ބޯހިޔަވަހިކަމުގައި ތިބި ކަމަށެވެ.

މިގޮތުން 2 ގޭބީސީއެއްގެ 10 މީހަކު މިހާރުވެސް ވަގުތީ ހިޔާތަކުގައި ތިބިކަން ފާހަގަކުރައްވަމުން ހިސާން ވިދާޅުވީ، އާއްމު ހާލަތަކަށް އައުމުން އެފަރާތްތައް އާއްމު ދިރިއުޅުމަށް ރުޖޫއަ ކުރެވޭނެ ކަމަށެވެ.

"2 ގޭބިސީއެއްގެ 10 މީހަކު މިވަގުތުވެސް އެބަތިބި. ޢާއްމު ޙާލަތަކަށް އައުމާއެކު އެފަރާތްތަށްވެސް ޢާއްމު ދިރިއުޅުމަށް ރުޖޫޢުކުރެވޭނެ."

ހިސާން ވިދާޅުވިއެވެ.

 އެންޑީއެމްއޭއިން ޖުމްލަ 23 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، އޭގެތެރޭގައި މާފަންނުގެ 2 ގެއަކުން 11 މީހުންނާއި ގަލޮޅުގެ ގެއެއްގެ 3 އެޕަރޓްމަންއަކުން 12 މީހެއް ހިމެނެއެވެ.

ވިއްސާރައާ ގުޅިގެން މާލެއިން އެކަނިވެސް 251 ރިޕޯޓް ލިބިފައިވާއިރު، ފެން ބޮޑުވެގެން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މާފަންނުގެ ގެތަކަށެވެ. ވިއްސާރައިގައި އެކި ވަރުގެ ގެއްލުންވެގެން މާފަންނުގެ 130 އަށްވުރެ ގިނަ ގެއިން ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.