ތައިލެންޑްގެ އައު ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނާވަޓްރާ-- ފޮޓޯ: އީޕީއޭ
ދުނިޔެ
18 Aug 2024 | 12:59
ތައިލެންޑްގެ އާ ބޮޑުވަޒީރު ކަމަށް ޕެޓޮންގްޓާން ޝިނާވަޓްރާ؛ މިއީ އެގައުމުގެ އެންމެ ހަނގު ބޮޑުވަޒީރު

ތައިލެންޑްގެ ޕާލިމެންޓުން އެގައުމުގެ ބިލިއަނަރު އަދި ކުރީގެ ބޮޑުވަޒީރު ތަކްސިންގެ ދަރިކަނބަލުން ޕެޓޮންގްޓަރން ޝިނަވަޓްރާ އެގައުމުގެ އައު ބޮޑުވަޒީރުކަމަށް ހޮވައިފިއެވެ.

އުމުރުފުޅުން 37 އަހަރުގެ ޕެޓޮންގްޓަރން މި މަގާމަށް ހޮވުމާއިއެކު، އެކަމަނާ ވެގެން ގޮސްފައިވަނީ ތައިލެންޑްގެ އެންމެ ހަނގު ބޮޑުވަޒީރަށެވެ. އަދި މިއީ އެކަމަނާގެ ބޮޑުދައިތާ ޔިންގްލަކްގެ ފަހުން އެ މަޤާމަށް ހޮވުނު ދެވަނަ އަންހެން ބޭފުޅާއެވެ.

ޕެޓޮންގްޓަރން އަށް އެގައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން ވަނީ މިހާރު ރުހުން ދެއްވާފައެވެ.

މި މަގާމަށް ޕެޓޮންގްޓަރން ހޮވުނީ، އެގައުމުގެ ބޮޑުވަޒީރު ކަމުގައި ކުރިން ހުންނެވި ސްރެތާ ތަވިސިން އެގައުމުގެ ކޯޓެއްގެ ހުކުމަކުން މަގާމުން ވަކިކުރިތާ ދެ ދުވަސްފަހުންނެވެ.

މި ދެ ބޭފުޅުންނަކީވެސް ވެރިކަން ހިންގާ ކޯލިޝަން އުފެއްދި ޕިއު ތައި ޕާޓީގެ މެންބަރުންނެވެ.

319 މެންބަރުންގެ ތާއީދާއިއެކު ތައިލެންޑްގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ހޮވިވަޑައިގެން ޕެޓޯންގްތާން އަކީ ވޭތުވެދިޔަ ވިހި އަހަރުގެ ތެރޭގައި ބޮޑުވަޒީރުކަމަށް އައި ޝިނަވަތްރާ ޢާއިލާގެ ހަތަރުވަނަ މެންބަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ