އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންތަނީ ބްލިންކެން --- ފޮޓޯ: ރޮއިޓާސް
ދުނިޔެ
19 Aug 2024 | 00:31
ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުއްވުމަށް ބްލިންކެން އިޒްރޭލަށް ވަޑައިގެންފި

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުއްވުމަށް ބްލިންކެން އިޒްރޭލަށް ވަޑައިގެންފިއެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންތަނީ ބްލިންކެން އިއްޔެ ތެލްއަވީވްއަށް ޒިޔާރަތްކޮށްފައިވާއިރު، މި ދަތުރަކީ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ ދިގު މުއްދަތުގެ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ބްލިންކެންގެ މި ދަތުރުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ ބައްދަލުކުރާނެ ކަމަށް ބެލެވެއެވެ. މި ބައްދަލުވުމުގައި ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށާއި ހަމާސްގެ ބާރުގެ ދަށުގައިވާ ރަހީނުން ދޫކޮށްލުމަށް މަޝްވަރާކުރާނެ ކަމަށް ލަފާކުރެވެއެވެ.

އެމެރިކާގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި މިހާރު މަޝްވަރާތައް ވަނީ ނާޒުކު ހިސާބެއްގައެވެ. އަދި އަވަހަށް އެއްބަސްވުމަކަށް އާދެވޭތޯ ބަލާނެ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، ހަނގުރާމަ ހުއްޓުމަކަށް އައުމުގެ ކުރިން އަދިވެސް ގިނަ ކަންކަން ހައްލުކުރަން ޖެހެއެވެ. އޭގެ ތެރޭގައި ޣައްޒާގެ އިންތަކުގައި އިސްރާއީލު ސިފައިން ބޭތިއްބުމާއި، އުތުރު ޣައްޒާއަށް ދަތުރުކުރާ މީހުން ޗެކްކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި މަޝްވަރާތައް ކުރިއަށްދަނިކޮށް، އިއްޔެ ޣައްޒާގައި އިޒްރޭލުން ދިން ހަމަލާއެއްގައި 21 މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ޞިއްޙީ ފަރާތްތަކުން ބުނެފައިވެއެވެ. މީގެ ތެރޭގައި 6 ކުޑަކުދިން ހިމެނެއެވެ.

ބްލިންކެންގެ މި ދަތުރަކީ އޮކްޓޯބަރުގައި ހަނގުރާމަ ފެށުނީއްސުރެ މެދުއިރުމައްޗަށް ކުރައްވާ 10 ވަނަ ދަތުރެވެ.

އިސްރާއީލަށްފަހު ބްލިންކެން މިސްރަށް ޒިޔާރަތްކުރައްވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ