ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން --
ދުނިޔެ
20 Aug 2024 | 00:18
ޖަލުގައި ހުންނެވި އިމްރާން ޚާން އޮކްސްފޯޑް ޔުނިވަރސިޓީގެ ޗާންސެލަރ މަޤާމަށް ކުރިމަތިލައްވައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، މިހާރު ޖަލުގައި ހުންނެވި ނަމަވެސް، އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވަރސިޓީގެ ޗާންސެލަރ މަޤާމަށް ކުރިމަތިލައްވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އޭނާގެ ސިޔާސީ ޕާޓީ، ޕާކިސްތާން ތަހްރީކް-އޭ-އިންސާފް (ޕީޓީއައި) އިންނެވެ.

އޮކްސްފޯޑް ޔުނިވަރސިޓީގެ ކުރީގެ ދަރިވަރެއް ކަމަށްވާ އިމްރާން ޚާންގެ ފަރާތުން މި މަޤާމަށް އެދި ހުށަހެޅުއްވީ ޕީޓީއައިގެ ލަންޑަނުގެ ތަރުޖަމާނު ސައްޔިދު ޒުލްފިކާރު ބުޚާރީ މެދުވެރިކޮށެވެ. މިކަން ޕާޓީން ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައެވެ.

ޕީޓީއައި އިން ބުނެފައިވާ ގޮތުގައި، އަހަރަކަށްވުރެ ގިނަ ދުވަހު ޤާނޫނާ ޚިލާފަށް ހައްޔަރުކުރެވިފައި ހުރި ނަމަވެސް، އިމްރާން ޚާން އަދިވެސް އޭނާގެ އަސާސީ އުސޫލުތަކުގައި ދެމިހުންނެވިކަން މި ހުށަހެޅުމުން ހާމަވެގެންދެއެވެ.

އޭއެފްޕީއަށް ވިދާޅުވި ގޮތުގައި، އިމްރާން ޚާންގެ އިރުޝާދުގެ ދަށުން އޭނާގެ ނަމުގައި މި މަޤާމަށް އެދި ހުށަހަޅާފައިވަނީ. "މިއީ ރަމްޒީ މަޤާމެއް ނަމަވެސް، ވަރަށް ޤަދަރުވެރި އަދި މުހިންމު މަޤާމެއް. އިމްރާން ޚާނަކީ އޮކްސްފޯޑުން ނުކުތް އެންމެ މަޝްހޫރު ދަރިވަރުންގެ ތެރެއިން އެކަކު ކަމުން، އޭނާ ޗާންސެލަރަކަށް ވުން އެއީ ވަރަށް އެކަށީގެންވާ ކަމެއް،" ބުޚާރީ ވިދާޅުވިއެވެ.

އިމްރާން ޚާން މި މަޤާމަށް ހޮވިއްޖެނަމަ، އޭޝިއާ މީހެއްގެ ގޮތުގައި މި މަޤާމަށް ހޮވޭ ފުރަތަމަ ފަރާތްކަމުގައި ވެގެންދާނެ ކަމަށް ބުޚާރީ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ މުޅި އޭޝިއާއަށާއި ދުނިޔެއަށްވެސް ލިބޭނެ ކާމިޔާބީއެއްކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ.

ޔުނިވަރސިޓީގެ ވެބްސައިޓުގައިވާ ގޮތުން، 10 އަހަރުގެ މުއްދަތަށް އޮންނަ މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ލިސްޓު އޮކްޓޯބަރު މަހު އާންމުކޮށް، އެ މަހުގެ ފަހުކޮޅު ވޯޓުލުން އޮންނާނެއެވެ.

އިމްރާން ޚާންގެ ކެރިއަރުގައި ޕާކިސްތާނުގެ އެންމެ ފާހަގަކޮށްލެވޭ ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވައެވެ. އަދި 2018 އިން 2022 އަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ. އެހެންނަމަވެސް، މިހާރު އޭނާ ވަނީ އެކި ބާވަތުގެ ދަޢުވާތަކާ ގުޅިގެން ޖަލުގައި އެއް އަހަރު ފުރިހަމަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ