މަކުނު ވިދުރި ޖެހިފައިވާ މީހެއް-- ފޮޓޯ: ރޮއިޓާސް
ހަބަރު
21 Aug 2024 | 11:40
މަކުނު ވިދުރި އަކީ 'އައު ކޮވިޑެއް' ނޫން، މި ބަލި ހުއްޓުވޭނެ: ޑަބްލިއުއެޗްއޯ

މަކުނު ވިދުރި އަކީ ކޮވިޑް-19 ފަދަ އާ ބަލިމަޑުކަމެއް ނޫންކަމަށާއި، މި ބަލީގެ ވައިރަހާއި އަދި އެ ކޮންޓްރޯލް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވަރަށް ގިނަ މަޢުލޫމާތު އެނގިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާއިން ބައިނަލްއަޤްވާމީ ސިއްޙީ ނުރައްކަލެއްގެ ގޮތުގައި އިޢުލާނުކޮށްފައިވާ މަކުނި ވިދުރީގެ އަލަށް ފެނުނު ކްލޭޑް 1ބީ ސްޓްރެއިނާ ބެހޭގޮތުން އިތުރު ދިރާސާތަކެއް ކުރަން ޖެހުނު ނަމަވެސް، ބަލި ފެތުރުން ހުއްޓުވޭނެކަމަށް އެ ޖަމްޢިއްޔާގެ ޔޫރަޕްގެ ޑިރެކްޓަރު ހާންސް ކްލޫޖް ވަނީ ވިދާޅުވެފައެވެ.

"މޮންކީޕޮކްސްއަކީ އައު ކޮވިޑެއް ނޫން، މޮންކީޕޮކްސް ކޮންޓްރޯލް ކުރާނެ ގޮތް އަޅުގަނޑުމެންނަށް އެނގޭ. އަދި ޔޫރަޕްގެ ސަރަޙައްދުގައި، އޭގެ ފެތުރުން މުޅިން ނައްތާލުމަށް ބޭނުންވާ ފިޔަވަޅުތައްވެސް އެނގޭ،"

ކްލޫޖް ވިދާޅުވިއެވެ.

ކްލޫޖް  ވިދާޅުވީ ކޮންމެ މަހަކު ޔޫރަޕްގެ ސަރަހައްދުގައި ކްލޭޑް 2 އެމްޕޮކްސް ސްޓްރެއިންގެ ގާތްގަނޑަކަށް 100 އައު ކޭސް ރިޕޯޓުކުރެވެމުންދާ ކަމަށާއި،  ބަލި ފެތުރުމުގެ މައިގަނޑު ގޮތަކީ ބަލި ޖެހިފައިވާ މީހާގެ ހަންގަނޑު އެހެން މީހުންގެ ގައިގައި ބީހުން ކަމަށެވެ.

އެހެންނަމަވެސް އޭނާ ވިދާޅުވީ އެމްޕޮކްސް ބަލީގެ ހަލުވި މަރުހަލާގައި ހުންނަ މީހަކަށް، ޚާއްސަކޮށް އަނގައިގައި ފޮޅު ހުރެއްޖެނަމަ، ކުޅުގެ ޒަރީއާއިން ގާތުގައި އުޅޭ މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

ކްލޫޖް ގެ އިތުރުން، ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ޠާރިޤް ޖަސާރެވިޗް ވިދާޅުވީ ޑަބްލިއުއެޗްއޯއިން މާސްކު އެޅުމަށް ލަފާ ނުދޭ ކަމަށާއި، ލަފާދެނީ ބަލި ފެތުރެމުންދާ ތަންތަނުގައި ދިރިއުޅޭ، ބަލީގެ ނުރައްކާ އެންމެ ބޮޑެތި މީހުން ވެކްސިން ފުރިހަމަ ކުރުމަށްކަމަށެވެ. 

މީގެ ކުރިން 2022 ވަނަ އަހަރުގެ ޖުލައި މަހު، ކްލޭޑް 2ބީ ސްޓްރެއިންގެ ބައިނަލްއަޤްވާމީ ފެތުރުމާ ގުޅިގެން ވެސް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާއިން ބައިނަލްއަޤްވާމީ ސިއްޙީ ނުރައްކަލެއް އިޢުލާނުކުރިއިރު، މި އިންޒާރު 2023 ވަނަ އަހަރުގެ މެއި މަހު ވަނީ ނިމުމަކަށް ގެނެސްފައެވެ.

ވައިރަހަކުން ޖެހޭ މި ބަލި ޖެހުމުން، ފްލޫ ފަދަ އަލާމާތްތައް ފެނުމާއި އެކު ގައިގައި ފޮޅުތަކެއް ނަގައެވެ. މި ބަލީގެ ސަބަބުން ބައެއް ފަހަރު ފުރާނައަށް ނުރައްކާތެރިވާއިރު، ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، އެޗްއައިވީ ފަދަ ބަލިތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ