އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔާދު (ވ) އަދި އާ ސީއީއޯ ސައުދީ (ކ): ޒިޔާދު އައްޔަން ކުރެއްވީ އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް --- ފޮޓޯ: ވޮއިސް
ހަބަރު
21 Aug 2024 | 20:39
އެމްޓީސީސީގެ އާ ސީއީއޯއަކަށް ސައުދީ، ޒިޔާދު އެންވަޔަރްމަންޓަށް!

އެމްޓީސީސީގެ އެންމެ އިސް މަޤާމަށް ބަދަލު ގެނެސް، ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަޙްމަދު ސައުދީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މިއަދު އައްޔަންކޮށްފިއެވެ. މި ބަދަލާ ގުޅިގެން، މިހާތަނަށް އެ މަޤާމުގައި ހުންނެވި އަބްދުﷲ ޒިޔާދު އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ބަދަލުކުރެވިފައިވެއެވެ.

ކުރީގެ ސަރުކާރުތަކުގައިވެސް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ޒިޔާދު، އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީގެ މަޤާމަށް އައްޔަންކުރެވިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. އޭނާ ކުރިންވެސް އެންވަޔަރަންމަންޓް މިނިސްޓްރީގައި މަސައްކަތްކުރައްވާފައިވެއެވެ.

އެމްޓީސީސީގެ އާ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެވުނު ސައުދީ އެންމެ ފަހުން މަސައްކަތްކުރެއްވީ މާލޭ ސިޓީ ކައުންސިލްގައެވެ. އޭނާ އެންމެ ފަހުން ފުރުއްވި މަޤާމަކީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މޭޔަރުގެ މަޤާމު ފުރުއްވި ދުވަސްވަރު އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމަންޓް ޔުނިޓް" ގެ އެންމެ އިސްވެރިޔާގެ މަޤާމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ވަނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައެވެ. 2018 ވަނަ އަހަރު ފުލުހުންގެ އިދާރާ ހިންގުންވެސް އޭނާއާ ހަވާލުކުރެވުނެވެ. އޭގެ ފަހުން އޭނާ ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށްވެސް އައްޔަންކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.