ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާ މުހައްމަދު ޔޫނުސް-- ފޮޓޯ: އަލްއެއްތިހާދް
ދުނިޔެ
22 Aug 2024 | 13:05
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ޑިޕްލޮމެޓިކް ޕާސްޕޯޓް ބާތިލްކުރަން ނިންމައިފި

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން އެގައުމުގެ ޑިޕްލޮމެޓިކް (ރަތް) ޕާސްޕޯޓްތައް ބާތިލްކުރަން ނިންމައިފިއެވެ.

މީގެ ތެރޭގައި، އެގައުމުގެ ކުރީގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޫކުރެވިފައިވާ ޕާސްޕޯޓުތައްވެސް ހިމެނޭއިރު، މިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބަންގްލަދޭޝްގެ ހޯމް މިނިސްޓްރީގެ ސެކިއުރިޓީ ސަރވިސް ޑިވިޜަންގެ ސީނިއަރ ސެކްރެޓަރީ މުޙައްމަދު މަޝިއުރު ރަޙްމާން ވިދާޅުވިއެވެ.

ސެކްރެޓަރީ ވިދާޅުވީ، ބަންގްލަދޭޝްގެ އިމިގްރޭޝަން އެންޑް ޕާސްޕޯޓް ޑިޕާޓްމަންޓަށް (ޑީއައިޕީ) މިކަމާ ގުޅޭ އިރުޝާދު ދީފައިވާ ކަމަށާއި، އެ އިދާރާއިން އޭގެ މަސައްކަތްތައް މިހާރު ފަށައި، ވަރަށް އަވަހަށް މިކަމާއި ގުޅޭ އަމުރު ނެރެވޭނެ ކަމަށެވެ.

އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެބޭފުޅުންގެ އާއިލާ މެންބަރުންވެސް ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭއިރު، އެކަމާއި ގުޅޭގޮތުން ސެކްރެޓަރީ ވިދާޅުވީ، މަޖިލިސް މެމްބަރުންގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ކެންސަލްކުރާއިރު، އޮޓޮމެޓިކުން އެމީހުންގެ ޢާއިލާގެ މެންބަރުންގެ ޕާސްޕޯޓުތައްވެސް ކެންސަލްވާނެކަމަށެވެ.

ޑިޕްލޮމެޓިކް ޕާސްޕޯޓު ލިބިފައިވާ މީހަކު އައު ޕާސްޕޯޓެއް ހޯދަން ބޭނުންވާނަމަ، އެމީހަކު ޑިޕްލޮމެޓިކް ނުވަތަ ރަތް ޕާސްޕޯޓު ދޫކޮށްލުމަށްފަހު ޤާނޫނާ އެއްގޮތަށް އާންމު ޕާސްޕޯޓެއް ދޫކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ މަޖިލިސް މެމްބަރުންގެ އިތުރުން، ބޭރު ޤައުމުތަކުގައި ހުންނަ ބަންގްލަދޭޝް މިޝަންތަކުގެ އޮފިޝަލުންނަށްވެސް ރަތް ޕާސްޕޯޓު ލިބެއެވެ. ރަތް ޕާސްޕޯޓު އޮންނަ މީހުންނަށް ބޭރަށް ދަތުރުކުރުމަށް ވިސާ ބޭނުމެއް ނުވެއެވެ. އެމީހުން ކަނޑައެޅިފައިވާ ޤައުމަށް ފޭބުމުން ވިސާ ލިބެއެވެ. 

މިނިސްޓްރީގެ ފަރާތްތަކުން ބުނާގޮތުގައި ރަތް ޕާސްޕޯޓު ކެންސަލްކުރުމުން، ކުށުގެ މައްސަލަތައް އޮތް ނުވަތަ ހައްޔަރުކުރެވިފައިވާ ކުރީގެ މިނިސްޓަރުންނާއި އެމްޕީންނަށް އާންމު ޕާސްޕޯޓެއް ހޯދުމަށްޓަކައި ޤާނޫނީ މަރުޙަލާއެއް ކަޑައްތުކުރަންޖެހިދާނެއެވެ. އެފަދަ ޙާލަތެއްގައި، ކޯޓު އަމުރެއް ލިބުމަށްފަހު އާންމު ޕާސްޕޯޓަކަށް އެދެވޭނެއެވެ.  

ޕާސްޕޯޓް ކެންސަލްކުރުމުގެ އަމުރު ނެރުމުން، މިހާރު ބޭރު ގައުމުތަކުގައި ތިބި ކުރީގެ މަޖިލިސް މެމްބަރުން ނުވަތަ މިނިސްޓަރުން އެޤައުމުތަކުގައި ހުރި ޑީއައިޕީ އޮފީހަށް ނުވަތަ ބަންގްލަދޭޝަށް އެނބުރި އައުމަށްފަހު އެމީހުންގެ ރަތް ޕާސްޕޯޓު ދޫކޮށްލަންޖެހޭނެއެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން މިފަދައިން ނިންމާފައިވާއިރު، އެގައުމުގައި އެންމެ ފަހުން ބޮޑުވަޒީރުކަން ކުރެއްވި ޝައިޚް ހަސީނާގެ އަތްޕުޅުގައި އޮންނަނީ ވެސް ޑިޕްލޮމެޓިކް ޕާސްޕޯޓެކެވެ.

ޝައިޚް ހަސީނާ ވަނީ މިމަހުގެ 5 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ބަންގްލަދޭޝް ދޫކުރައްވައި އިންޑިއާގެ ހިމާޔަތް ހޯއްދަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ