ދަރިއަކާއި މަންމަ ފޮތް ކިޔަނީ—
ލައިފްސްޓައިލް
23 Aug 2024 | 09:35
ކުދިންގެ ކިބައިގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ކުރެވިދާނެ 6 ކަމެއް!

ކުދިން ކިޔެވުމަށް ހިތްވަރު ދިނުމަކީ ކުދިންގެ ކޮގްނިޓިވް ޑިވެލޮޕްމަންޓާއި، ބަހުގެ ހުނަރާއި، މުޅ ތައުލީމީ ކާމިޔާބީއަށް ވަރަށް ބޮޑަށް އަސަރުކުރާނެ އަގުހުރި މަސައްކަތެކެވެ. އެގޮތުން، ކުޑަކުދިންގެ ކިޔެވުމަށް ލޯބި އުފެއްދުމަށްޓަކައި ކުރެވިދާނެ ހަ ސްޓްރެޓެޖީއެއް ތިރީގައި މިވަނީއެވެ.

1. ކިޔެވުމަށް ރައްޓެހި މާހައުލެއް އުފެއްދުން

ފަސޭހައިން އަތުޖެހޭ ހިސާބުގައި ފޮތް ބެހެއްޓުން: ކުޑަކުދިންނަށް ފަސޭހައިން ނެގޭގޮތަށް ކުޑަ ފޮތް ރެކެއް ފަދަ އެއްޗެއްގައި ފޮތްތައް ފޮތްތައް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި އޭގައި ތަފާތު ވައްތަރުގެ ފޮތްތައް ލިބެން ބެހެއްޓޭތޯ މަސައްކަތް ކުރަންވާނެއެވެ. އެގޮތުން، ތަސްވީރު ފޮތްތަކާއި، ވާހަކަ ފޮތްތަކާއި، އުމުރާ ގުޅޭ ނޮވެލްތައް ހިމެނެއެވެ.

އަރާމު ކިޔެވުމުގެ ޖާގަ: ކިޔެވުމަކީ އުފާވެރި ހަރަކާތަކަށް ހެދުމަށްޓަކައި އަރާމު ކޮށް އިށީނދެވޭ ގޮތަށް، ރަނގަޅު އަލިކަމެއް ހުންނަ ހިތްގައިމު ރީޑިންގ ކޯނާއެއް ނުވަތަ ޖާގައެއް ކަނޑައެޅުން.

2. ކިޔެވުމުގެ ރޯލް މޮޑެލްއަކަށް ވުން

ކުދިންނަށް ފޮތް ކިޔުމުގައި ނަމޫނާއަކަށްވުން: ކުދިން ގިނަ ފަހަރަށް މައިންބަފައިންނަށް ނަކަލުކުރެއެވެ. އެހެންކަމުން، އަމިއްލައަށް ގަވާއިދުން ކިޔަވައިގެން، ކިޔެވުމަށް ތިމާ ދޭ މުހިންމުކަން އެމީހުންނަށް ދައްކާށެވެ.

ފޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުން: ކުދިން ކިޔަމުންދާ ފޮތްތަކާ ބެހޭގޮތުން ވާހަކަ ދައްކައި، ޝައުގުވެރި ވާހަކަތައް ނުވަތަ ހަގީގަތްތައް ހިއްސާކުރުން. މިއީ އެމީހުންގެ ޝައުގުވެރިކަމާއި ކިޔެވުމަށް ޝައުގުވެރިކަން އުފެދިދާނެ ކަމެކެވެ.

3. ދުވަހުގެ ރޫޓިންގެ ތެރެއަށް ކިޔެވުން ހިމަނާލުން

ކިޔެވުމުގެ ވަގުތެއް ކަނޑައެޅުން: ކިޔެވުމަށް ޚާއްޞަ ކޮންމެ ދުވަހަކު ވަކި ވަގުތެއް ކަނޑައަޅާށެވެ. މިއީ ނިދުމުގެ ކުރިން ނުވަތަ ސްކޫލަށް ފަހު ކުޑަ ރެސްޓެއް ކުރުމަށްފަހު ކަމަށްވެސް ހެދިދާނެއެވެ. 

އަޑުހަރުކޮށް ކިޔުން: ދަރިންނަށް އަޑުހަރުކޮށް ފޮތް ކިޔައިދިނުމަކީ، އަޑުއެހުމުގެ ހުނަރާއި ވިސްނުން ރަނގަޅު ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

4. ކުދިން ޝައުގުވެރިވާ ފޮތްތައް ހޮވުން

ޖަނަވާރުތަކާއި، ގުދުރަތީ މާހައުލާއި، އެޑްވެންޗަރއާއި، ނުވަތަ ކެއިންބުއިމާއި ބެހޭގޮތުން ވިޔަސް، ދަރިފުޅުގެ ޝައުގުވެރިކަމާ އެއްގޮތްވާ ފޮތްތައް ހޮވާށެވެ. އަދި ކުއްޖާ އެންމެ ބޮޑަށް ޝައުގުވެރިވާ އެއްޗެއް ހޯދުމަށްޓަކައި ފިކްޝަން، ނޮން-ފިކްޝަން، ޅެން، އަދި ކޮމިކްސް ދިވެހި ސަގާފަތާއި އިސްލާމީ އުނގަންނައިދޭ ފޮތްތައް ފަދަ ތަފާތު ވައްތަރުތައް ތަޢާރަފްކޮށްދެވިދާނެއެވެ.

5. ކިޔެވުމުގެ ހަރަކާތްތަކުގައި ބައިވެރިވުން

އިންޓަރެކްޓިވް ރީޑިންގ: ވާހަކައާ ބެހޭގޮތުން ސުވާލުކޮށް، ދެން ވެދާނެ ގޮތް ލަފާކޮށް، ކެރެކްޓަރުންނާއި ޕްލޮޓާ ބެހޭގޮތުން މަޝްވަރާކުރުން. މީގެ ސަބަބުން ކިޔެވުމަކީ އިންޓަރެކްޓިވް އަދި އެންގޭޖިންގ ތަޖުރިބާއަކަށް ވެގެންދާ ކަމެކެވެ.

ލައިބްރަރީއަށް ޒިޔާރަތްކުރުން: ގަވާއިދުން ލައިބްރަރީއަށް ގޮސް ކުދިންގެ ލޮލުގައި އަޅައިގަންނަ ފޮތްތައް ހޯދައި ކުދިން އަމިއްލައަށް ފޮތް ހޮވަން ދޫކޮށްލާށެވެ.

6. ޓެކްނޮލޮޖީ ބުއްދިވެރިކަމާއެކު ހިމަނާލުން

އީ-ފޮތްތަކާއި އޯޑިއޯފޮތްތައް: ޚާއްޞަކޮށް ދަރިފުޅު ޑިޖިޓަލް މީޑިއާއަށް މާ ބޮޑަށް ލޯބިކުރާނަމަ އީ-ފޮތްތަކާއި އޯޑިއޯފޮތްތައް ބޭނުންކުރެވިދާނެއެވެ.

ތައުލީމީ އެޕްސް: ކިޔެވުން މަޖާ އަދި އިންޓަރެކްޓިވް ގޮތަކަށް ފަރުމާކޮށްފައިވާ ތައުލީމީ އެޕްތައް ގިނަ އެވެ. ނަމަވެސް އެ ކޮންޓެންޓަކީ އުމުރާ ގުޅޭ އަދި އިސްލާމީ އުސޫލުތަކާއި އެއްގޮތްވާ އެއްޗެއްކަން ބެލެނިވެރިޔާ ކަށަވަރުކުރަންވާނެއެވެ. 

މީގެ އިތުރުން، ކުދިންނަށް ތައުރީފުކޮށް ހިތްވަރު ދިނުމަކީވެސް ކިޔުވުމުގެ އާދަ އަށަގެންމެވުމަށް މުހިންމު ކަމެކެވެ. އެގޮތުން ކިތަންމެ ކުޑަ ނަމަވެސް ކިޔެވުމުގެ ކާމިޔާބީތައް ފާހަގަކުރުމާއި، ޕޮޒިޓިވް ރިއިންފޯސްމަންޓަކީ އެމީހުންގެ އިތުބާރާއި މޮޓިވޭޝަން އިތުރުކޮށްދޭ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.