އުރީދޫ މަސްރޭހުގެ ތެރެއިން... ފޮޓޯ/ އުރީދޫ މޯލްޑިވްސް
ހަބަރު
23 Aug 2024 | 14:38
އުރީދޫ މަސްރޭސް، ތިނަދޫސިޓީގައި މިއަދު ފަށައިފި

އުރީދޫ މަސްރޭސް ތިނަދޫސިޓީގައި މިއަދު ފަށައިފިއެވެ.

ތިނަދޫގައި ކުރިއަށްދާ އުރީދޫ މަސްރޭހުގައި ޖުމްލަ 8 ޓީމެއް ވާދަކުރާއިރު، މަސްރޭހުގައި ބައިވެރިވާ ޓީމްތައް މިހާރު ވަނީ މަސްބޭނުމަށް ފުރާފައެވެ. ޓީމްތައް އެނބުރި ރަށަށް އައުމަށް ހަމަޖެހިފައިވަނީ މިރެއެވެ. 

އުރީދޫ މަސްރޭސް މިފަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށްގެންދެއެވެ. އެއީ ތިނަދޫގެ އިތުރުން ކ.ހިންމަފުއްޓާއި ޅ. ނައިފަރުގައެވެ. މީގެ ތެރެއިން ހިންމަފުށީގައި ބޭއްވުމަށް ނިންމި މަސްރޭސް ނިމުނުއިރު، އެ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ސިފްކޯގެ ޓީމެވެ. ހިންމަފުށީގައި ބޭއްވި މަސްރޭހަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އުރީދޫއިން ވަނީ މިފަހަރުގެ މަސްރޭހުގެ އެކި އިނާމްތަކަށް އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައެވެ. މިގޮތުން ކޮންމެ ސަރަހައްދަކުން އެއްވަނައަށްދާ ޓީމަކަށް 25،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ދެވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5,000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އުރީދޫ މަސްރޭހުގެ ތެރެއިން... ފޮޓޯ/ އުރީދޫ މޯލްޑިވްސް

ޓީމް ވަނަތަކުގެ އިތުރުން އެންމެމޮޅު ފިރިހެން އަދި އަންހެން މަސްވެރިޔާވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ މޮޅު އަންހެން މަސްވެރިއަކަށް 1،000 ރުފިޔާ އަދި އެންމެ މޮޅު ފިރިހެން މަސްވެރިޔާއަށްވެސް ވަނީ 1،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް...

މަސްރޭހުގައި ޓީމުތަކަށް ޕޮއިންޓްސް ދިނުމުގައި ބަލާނީ، ބޭނިމަސް ނިސްބަތްވާ ކެޓަގަރީއާއި ބަރުދަނަށެވެ. އެގޮތުން ކޮންމެ ކެޓަގަރީއަކުން ބޭނިމަހުގެ ބަރުދަން ގުނަ ކެޓަގަރީ ޕޮއިންޓް އަކީ ކެޓަގަރީއަށް ލިބުނު ޖުމްލަ ޕޮއިންޓެވެ. ޓީމުގެ އަސްލު ޕޮއިންޓްގެ ގޮތުގައި ބެލެވޭނީ ހުރިހާ ކެޓަގަރީއެއްގެ ޖުމްލަ އެއްކުރުމުން އަންނަ ޢަދަދެވެ.

އުރީދޫ މަސްރޭހުގެ ތެރެއިން... ފޮޓޯ/ އުރީދޫ މޯލްޑިވްސް

އުރީދޫ މޯލްޑިވްސްގެ އިޖުތިމާއީ ޒިއްމާގެ ދަށުން, އެކުންފުނިން ރައްޔިތުންނާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކުރިއަށްގެންދާ އުރީދޫ މަސްރޭހަށް ކޮންމެ އަހަރަކުވެސް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.