ރޮބަޓް އެފް ކެނެޑީ ޖޫނިއަރ އަދި ރިޕަބްލިކަންގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
24 Aug 2024 | 11:09
އެމެރިކާގެ ރިޔާސީ އިންތިހާބު: އަމިއްލަގޮތުން ވާދަކުރާ ކެނެޑީ، ޓްރަމްޕްގެ ފަހަތަށް

އެމެރިކާގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ރޮބަޓް އެފް ކެނެޑީ ޖޫނިއަރ, އޭނާގެ ކެމްޕޭން ހުއްޓާލައި ރިޕަބްލިކަންގެ ކެނޑިޑޭޓް، ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

ކެނެޑީ މިކަން އިޢުލާނުކުރިތާ ގަޑިއިރުތަކެއް ފަހުން، އޭނާ ވަނީ އެރިޒޯނާގައި ބޭއްވުނު ޓްރަމްޕްގެ ކެމްޕޭން އިވެންޓެއްގައި ބައިވެރިވެފައެވެ.

މި ނިންމުމާއި ގުޅޭގޮތުން ކެނެޑީ ވިދާޅުވީ އޭނާގެ ހޯދުންތަކުން ދައްކާގޮތުގައި މި އިންތިހާބުގައި އޭނާ ވާދަކުރުމުން ޓްރަމްޕަށް ގެއްލުންވެ، ޑިމޮކްރެޓިކް ގެ ކެނޑިޑޭޓް ކަމަލާ ހެރިސްއަށް ފައިދާވާނެކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ޓްރަމްޕާ ބަޔަތު ހިއްޕަވަން ނިންމެވީކަމަށް ކެނެޑީ ވިދާޅުވިއެވެ.

ކެނެޑީ މިފަދައިން ވިދާޅުވި ނަމަވެސް، އިންތިހާބާއި ގުޅިގެން ފަހަކަށް އައިސް ކުރެވުނު އާންމު ހޯދުންތަކުން އޭނާ ވާދަކުރުމުން މައި ދެ ޕާޓީގެ ކެންޑިޑޭޓުންނަށް ލިބޭ ތާއީދަށް ބޮޑު ބަދަލެއް އަންނަކަން ފާހަގަކުރެވިފައިނުވާ ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

އުމުރުފުޅުން 70 އަހަރުގެ ކެނެޑީ ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ޓީމާއެކު އޭނާ އެތައް ފަހަރަކު ބައްދަލުކުރެއްވިކަމަށާއި، އެ ބައްދަލުވުންތަކުން އިމިގްރޭޝަންގެ މައްސަލަތަކާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ހަނގުރާމައިގެ ކަންކަމާ ގުޅޭ މައްސަލަތަކުގައި ދެފަރާތުންވެސް އެއްބަސްވުމަކާ ހަމަޔަށް އާދެވިފައިވާކަމަށެވެ.

ކެނެޑީގެ މި ނިންމުމާއިއެކު، ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ރައީސްކަން ލިބިއްޖެނަމަ، ރައީސްގެ ހާއްސަ ކޮމިޝަނެއް އުފައްދަވާނެކަމަށާއި، އެ ކޮމިޝަނުން 1963 ގައި ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލުމާ ގުޅޭ ފައިލްތައް ހާމަކުރައްވާނެ ކަމަށެވެ. ޖޯން އެފް ކެނެޑީ އަކީ ރޮބަޓް އެފް ކެނެޑީގެ ބޮޑުބޭބެފުޅެވެ.

ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ކެނެޑީ އާއިލާގެ ބައެއް މެމްބަރުން ނުރުހުން ފާޅުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ