ކަލާފާނު ސްކޫލު ބްރާސް ބޭންޑުގެ ދަރިވަރުންނާއި އިސް ދަރިވަރުން---
ހަބަރު
24 Aug 2024 | 11:57
ކަލާފާނު ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ހާއްސަ ޕެރޭޑެއް ބާއްވަނީ

ކަލާފާނު ސްކޫލުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޚާއްސަ ޕެރޭޑެއް މިއަދު ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.

މި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:30 ގައި ކަލާފާނު ސްކޫލް ކުރިމަތިންނެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ކަލާފާން ސްކޫލް ބޭންޑްގެ އިސް އޮފިޝަލަކު ވިދާޅުވީ މި ޕެރޭޑުގައި ސްކޫލުގެ ޔުނިފޯމް ބޮޑީތައް ކަމަށްވާ ކެޑޭޓް، ބޭންޑު ދަރިވަރުން، ސްކައުޓް، ގައިޑް، ކަބްސްކައުޓްގެ އިތުރުން ލިޓްލް މެއިޑުގައި އުޅޭ ދަރިވަރުން ބައިވެރިވާނޭކަމަށެވެ. އަދި އެ ސްކޫލުގެ ޓީޗަރުންނާއި މުވައްޒަފުން ވެސް ޕެރޭޑުގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން މިއަދުގެ ޕެރޭޑުގައި ކަލާފާނު ސްކޫލުގައި އެކި ބެޗުތަކުގައި ކުރިން ކިޔެވި އިސް ދަރިވަރުން ވެސް ބައިވެރިވާއިރު، ޕެރޭޑަށް އެކުލަވައިލެވިފައިވާ ބްރާސް ބޭންޑުގައި ވެސް މިހާރު ބޭންޑުގައި އުޅޭ ދަރިވަރުންގެ އިތުރުން ކުރިން ބޭންޑުގައި އުޅުނު އިސްދަރިވަރުން ހިމެނޭކަން ފާހަގަކޮށްލަން ޖެހެއެވެ.

ޕެރޭޑު މަޑުކުރާ ތަންތަން:

1) ގަލޮޅު ޕޮލިސް ސްޓޭޝަން - އަމީނީ މަގު

2) ސްޓޮޕް އެންޑް ޝޮޕް - އަމީނީ މަގު

3) މާލެ ޕްރިޒަންސް - ބޮޑުތަކުރުފާނު މަގު

4) ސްވިމިން ޓްރެކް - ބޮޑުތަކުރުފާނު މަގު

ޕެރޭޑު ރޫޓު--

މިއީ 2014 ވަނަ އަހަރު ސްކޫލުގެ 25 ވަަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހިނގާލުމަށްފަހު، ސްކޫލުން ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. ކަލާފާން ސްކޫލަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ބިނާކޮށްފައިވާ ސްކޫލެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ