ބޮސްޓްވާނާ އިން ފެނުނު ޖަވާހިރު-- ފޮޓޯ: ލުކާރާ ޑައިމަންޑް ކޯޕަރޭޝަން
ދުނިޔެ
25 Aug 2024 | 12:16
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޖަވާހިރު ބޮޓްސްވާނާއިން ފެނިއްޖެ

ދުނިޔެއިން މިހާތަނަށް ފެނުނު ދެވަނަ އަށް އެންމެ ބޮޑު ޖަވާހިރު ބޮޓްސްވާނާ އިން ފެނިއްޖެއެވެ.

މި ޖަވާހިރު ފެނުނު ލުކާރާ ޑައިމަންޑް ކޯޕަރޭޝަން ކުންފުނިން ބުނީ، އެއީ 2،492 ކެރެޓުގެ ޖަވާހިރެއް ކަމަށެވެ.

ލުކާރާ ޑައިމަންޑް ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޑައިމަންޑު ފެނިފައިވަނީ ބޮޓްސްވާނާގެ އިރުމަތީ އުތުރުގައި ހުންނަ ކަރޯވޭ ޑައިމަންޑް މައިންގައި އެކްސްރޭ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ.

މީގެ އަގު ބަޔާންކޮށްފައި ނުވި ނަމަވެސް ކެރެޓުގެ ގޮތުން ބަލާއިރު، މިއީ 1905 ވަނަ އަހަރު ދެކުނު އެފްރިކާގައި ފެނުނު 3،016 ކެރެޓުގެ ކަލިނަން ޑައިމަންޑަށް ފަހު މިހާތަނަށް ފެނުނު ދެވަނައަށް އެންމެ ބޮޑު ޖަވާހިރެވެ. 

މިއީ 2017 ވަނަ އަހަރު ބެހެއްޓި ބޮޑެތި، އަގުބޮޑު ޖަވާހިރާއި މައުދަންތައް ދެނެގަނެ ރައްކާތެރިކުރުމަށް ބޭނުންކުރާ މެގާ ޑައިމަންޑް ރިކަވަރީ އެކްސްރޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފެނުނު ޖަވާޙިރެއް ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ކުންފުނިން ދޫކޮށްފައިވާ ފޮޓޯތަކުން ދައްކާގޮތުގައި މި ޑައިމަންޑްގައި އަތް ތިލައެއްގެ ބޮޑުމިން ހުރެއެވެ.

ބޮޓްސްވާނާގެ ރައީސް މޮކްގްވީޓްސީ މަސީސީއަށް އެ ޖަވާހިރު ދައްކާލާފައިވާއިރު، އެގައުމުގެ ސަރުކާރުން ވެސް ވަނީ އެއީ  ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ޖަވާހިރުކަން ކަށަވަރުކޮށްދީފައެވެ.

ބޮޓްސްވާނާއަކީ ދުނިޔޭގެ އެންމެ ބޮޑެތި ޖަވާހިރު ފެންނަ ޤައުމުތަކުގެ ތެރެއިން އެއް ޤައުމަށް ވާއިރު، މިއީ އެ ޤައުމުގެ މައިގަނޑު އާމްދަނީގެ ވަސީލަތެވެ. އަދި އެ ޤައުމުގެ ޖުމްލަ އުފެއްދުންތެރިކަމުގެ 30 އިންސައްތަ އާއި އެކްސްޕޯޓްގެ 80 އިންސައްތަ ހިއްސާކުރަނީ ޖަވާހިރު ފަދަ މައުދަންތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.