ޖައްވުގައި ތާށިވެފައި ތިބި ދެ އެސްޓްރޮނޯޓުން-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
26 Aug 2024 | 10:43
ޖައްވުގައި ތާށިވެފައިތިބި ދެ އެސްޓްރޮނޯޓުންނަށް ދުނިޔެއަށް އާދެވޭނީ އަންނަ އަހަރު: ނާސާ

ދެ މަހަށްވުރެ ގިނަ ދުވަހު ޖައްވުގައި ތާށިވެފައިތިބި ނާސާގެ ދެ އެސްޓްރޮނޯޓުންނަށް ދުނިޔެއަށް އެނބުރި އާދެވޭނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށް ނާސާ އިން ހާމަކޮށްފިއެވެ.

ނާސާއިން ބުނީ އެއިދާރާގެ ދެ އެސްޓްރޮނޯޓުން ކަމަށްވާ ސުނީތާ ވިލިއަމްސް އަދި ބެރީ ވިލްމޯރ ބައިނަލްއަޤްވާމީ ޖައްވީ މަރުކަޒު (އައިއެސްއެސް) އަށް ދަތުރުކުރި ބޯއިންގ ސްޓާލައިނާ އުޅަނދު ބިމަށް އަނބުރާ އަންނާނީ އެއްވެސް މީހަކު ނެތި ހުސްކޮށް ކަމަށެވެ.

މި ދެ އެސްޓްރޮނޯޓުން ޖޫން 5 ވަނަ ދުވަހު ފުރާފައިވަނީ 8 ދުވަހުގެ މިޝަނަކަށް ކަމަށްވީ ނަމަވެސް، މިހާރު އެ ދެ މީހުން ޖައްވުގައި ތިބޭތާ 8 މަސް ވެއްޖެއެވެ.

އައިއެސްއެސް އަށް ދަތުރުކުރަމުންދިޔައިރު ސްޓާލައިނާ އުޅަނދަށް ދިމާވި މައްސަލަތަކުގެ ތެރޭގައި ހީލިއަމް ލީކުވުން ހިމެނެއެވެ. ހީލިއަމްއަކީ ޕްރޮޕަލްޝަން ނިޒާމަށް ތެޔޮ ފޮނުވުމަށް ބޭނުންކުރާ ގޭހެކެވެ. މީގެ އިތުރުން އުޅަނދުގެ އެތައް ތުރަސްޓަރެއް ރަނގަޅަށް މަސައްކަތް ނުކުރުމުގެ މައްސަލަވެސް ދިމާވިއެވެ.

ނާސާއިން ބޮއިންގ އަދި ސްޕޭސްއެކްސްއަށް ވަނީ އެ އިދާރާގެ މަތިންދާބޯޓުވެރިންނަށް ވިޔަފާރީގެ އުސޫލުން ބޭރުމަތީގެ ދަތުރުތައް ފޯރުކޮށްދިނުމަށް ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއް ހަވާލުކޮށްފައެވެ. ބޮއިންގއަށް ލިބުނު އެއްބަސްވުމުގެ އަގަކީ 4.2 ބިލިއަން ޑޮލަރު (3.18 ބިލިއަން ޕައުންޑް) އެވެ. އަދި ބިލިއަނަރު އީލޮން މަސްކް އުފެއްދި ސްޕޭސްއެކްސްއަށް ލިބުނީ 2.6 ބިލިއަން ޑޮލަރެވެ.

ސްޕޭސްއެކްސްއިން މިހާތަނަށް ނާސާއަށް 9 ފަޅުވެރިންގެ ދަތުރު އަދި އިތުރު ބައެއް ވިޔަފާރީގެ ދަތުރުތައް ކޮށްފައިވާއިރު، މިއީ ބޮއިންގއިން ފަޅުވެރިންނާއެކު ކުރި ފުރަތަމަ މަސައްކަތެވެ.

ބޮއިންގ އަދި ނާސާގެ އިންޖިނިއަރުން ވަނީ ސްޓާލައިނާ އުޅަނދުގައި ހުރި ޓެކްނިކަލް މައްސަލަތައް ދެނެގަތުމަށް އެތައް މަސްތަކެއް ހޭދަކޮށްފައެވެ.

އެމީހުން ވަނީ ޖައްވުގައި އާއި ބިމުގައި ތަފާތު ޓެސްޓުތައް ހަދައި، މަޢުލޫމާތު އެއްކުރަމުން ގެންގޮސްފައެވެ. އެމީހުންގެ އުންމީދަކީ މައްސަލަތަކުގެ އަސްލު ސަބަބު ދެނެގަނެ، ސްޓާލައިނާގައި މަތިންދާބޯޓުވެރިން ރައްކާތެރިކަމާއެކު އަނބުރާ ގެނައުމުގެ ގޮތެއް ހޯދުމެވެ.

ހޮނިހިރު ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނާސާގެ އެޑްމިނިސްޓްރޭޓަރ ބިލް ނެލްސަން ވިދާޅުވީ، މި އުޅަނދަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމަށް ބޮއިންގ އިން ނާސާއާ ގާތުން މަސައްކަތްކޮށްފައިވާ ކަމަށެވެ.

މި ދެ އެސްޓްރޮނޯޓުން އައިއެސްއެސްގައި ތިބުމުގެ މުއްދަތު 2025 ގެ ފެބްރުއަރީއާ ހަމައަށް އިތުރުކުރުމަށް ނިންމާފައިވަނީ، އެމީހުންނަށް ސްޕޭސްއެކްސްގެ ކްރޫ ޑްރެގަން އުޅަނދެއްގައި އެނބުރި އައުމަށް ފުރުސަތު ދިނުމަށެވެ.

އިތުރުކުރެވުނު މުއްދަތުގެ ސަބަބުން ސްޕޭސްއެކްސްއަށް އެމީހުންގެ ދެން އޮތް އުޅަނދު ފޮނުވުމަށް ފުރުސަތު ލިބޭނެއެވެ. މި އުޅަނދު ފުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ.

އެ އުޅަނދުގައި 4 މަތިންދާބޯޓުވެރިން ތިބުމަށް ހަމަޖެހިފައިވީ ނަމަވެސް، ޖައްވުގައި ތާށިވެފައި ތިބި ދެ އެސްޓްރްނޯޓުންނަށް ޖާގަ ދިނުމަށްޓަކައި، މިހާރު ދަތުރުކުރާނީ 2 މަތިންދާބޯޓުވެރިންނެވެ. އެހެން ހެދުމުން، ވިލްމޯރ އަދި ވިލިއަމްސްއަށް އެ އުޅަނދުގައި އެނބުރި އައުމަށް ޖާގަ ލިބޭނެއެވެ. މި ދަތުރު ނިމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.