އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ހަބަރު
26 Aug 2024 | 11:02
ފައްޔާޒު، ޑިމޮކްރެޓްސްއަށް: މިހާލަތަށް ދިޔައީ އަމިއްލަ އެދުމަށް “އިބޫ ނޫން ގޮތެއް” ހޯދަންއުޅުނީމާ، ޒިންމާ ނަގަންޖެހޭ!

ރާއްޖޭގެ ހާލަތު މި ހިސާބަށް ވެއްޓުނީ ކުރީގެ ރައީސް "އިބޫ ނޫން ގޮތެއް" ހޯދަން ކަމަށް ބުނެ ޑިމޮކްރަޓްސް ޕާޓީން ކުރި މަސައްކަތުގެ ސަބަބުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރޭ އޮތް، އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ، ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ޞާލިހުގެ ވެރިކަން ވެއްޓުނީ، އެމަނިކުފާނުގެ ސަރުކާރާއި ގުޅުވައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުއާއި މި ސަރުކާރުގެ އިސްބޭފުޅުން ހެއްދެވި “ދޮގު ތަކުގެ” ސަބަބުން ކަމަށެވެ. އަދި އެ “ދޮގުތައް” ރައްޔިތުން ގަބޫލުކޮށް މި ސަރުކާރު ގެނައީ ކަމަށް އޭނާ ވިދާޅުވިއެވެ. 

މިއާއެކު ފައްޔާޒު ވަނީ، އެ “ދޮގުތައް” ރައްޔިތުން ގަބޫލުކުރީ އެ ޕާޓީގެ ތެރޭގައި ތިބި ބައެއް ބޭފުޅުން އެކަން ތެދު ކުރުމުން ކަމަށް ވިދާޅުވެ، އެމްޑީޕީން ވަކިވެގެން ޑިމޮކްރެޓްސްގެ ނަމުގައި ވަކި ޕާޓީއެއް އުފެއްދެވި، އެ ޕާޓީގެ މެންބަރުންނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. 

އެ (ދޮގުތައް) ގަބޫލުކުރަންޖެހުނީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި ތިބި، އަޅުގަނޑުމެންގެ ވަރުގަދަ ބަޔަކު، އެ ދޮގުތައް އެގޮތަށް ދިވެހި ރައްޔިތުންނަށް ގަބޫލުކޮށްދިނީތީވެ. މިއަދު މި ގައުމު މި އޮތް ހާލަތަށް ވެއްޓުމުގެ އެންމެ ފުރިހަމަ ޒިންމާއެއް ނަންގަވަންޖެހޭ ބޭފުޅުންނަކީ އެއީ. (ޑިމޮކްރެޓްސް) އަމިއްލަ ބޭނުންތަކަށް, އަމިއްލަ އެދުމަށް “އިބޫ ނޫން ގޮތެއް”ދިވެހި ރައްޔިތުންނަށް ހޯއްދަވައި ދެއްވީ. އާދެ މިއަދު އެކަމުގެ ހިތާމައިގެ ފެށުން ދިވެހި ރައްޔިތުން ތަހައްމަލު ކުރަމުން މި ދަނީ. ކުރިއަށް އޮތީ ބަނަ ދުވަސްތަކެއް." 

ފައްޔާޒު އިސްމާޢީލް

ފައްޔާޒް ވިދާޅުވީ މިހާރު، މުވައްޒަފުންނަށް މުސާރަ ނުދެވި, އަމިއްލަ ވިޔަފާރިތައް ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެމްޑީޕީން ތިބީ ރައްޔިތުން އާ އެކޭ ބުނި ސަރުކާރަށް ފުރުސަތު ދީގެން ކަމަށާ، އަވަށްޓެރި ސްރީލަންކާއަށް ވީގޮތް ރާއްޖެއަށް ވާން ބޭނުން ނުވާ ކަމަށެވެ. 

"އަޅުގަނޑުމެން ބޭނުމެއް ނޫން މުލިއާގޭގެ ޖަކޫޒީއަށް ދިވެހި ރައްޔިތުން އަރައިގެން ތިބޭތަން ބަލާކަށެއް. އަޅުގަނޑުމެން ބޭނުމެއް ނޫން މުލިއާގޭގައި ހުރި ކަރޯކޭ ސިސްޓަމްތައް ނަގައިގެން ދިވެހި ރައްޔިތުން ލަވަ ކިޔާތަން ބަލަން ތިބޭކަށެއް. އާދެ އަޅުގަނޑުމެން ބޭނުމެއް ނޫން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ފުރައިގެން ގޮސް ލަންކާގެ ހިމާޔަތަށް ދާކަށެއް،"

ފައްޔާޒު އިސްމާއީލް

ފައްޔާޒް އިތުރަށް ވިދާޅުވި ރިޔާސީ އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ނޫނެކޭ ބުނުމުން އޮޕޮސިޝަންގެ ގޮތުގައި އެ ނިންމުމަށް އެ ޕާޓީން އިހްތިރާމްކޮށްގެން ތިބި ކަމަށެވެ. އަދި އޮޕޮސިޝަންގައި ތިބެގެންވެސް ގައުމުގެ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.