ވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި ޗެއާޕާސަން ރައީސް ޑރ.މުޢިއްޒު އާއި ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Aug 2024 | 12:51
ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އަދި ޗެއާޕާސަނަކަށް ބޭރުގެ ތަޖުރިބާކާރު ދެބޭފުޅުން އައްޔަނުކޮށްފި

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި ޗެއާޕާސަން ކަމަށް ބޭރުގެ ދެބޭފުޅުން އައްޔަނުކޮށްފިއެވެ.

ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯއަކަށް އިނގިރޭސި ރައްޔިތެއްކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އައްޔަނުކޮށްފައިވާއިރު، ޗެއާޕާސަނަކަށް އައްޔަނުކޮށްފައިވަނީ ސިންގަޕޫރުގެ ރައްޔިތެއްކަމަށްވާ އަރުނީ ގުނެތިލަކައެވެ.

މި ދެ ބޭފުޅުންނަކީ ވެސް ބައިނަލްއަގްވާމީ މާލީ އެކި އިދާރާތަކުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ދެ ބޭފުޅުންކަން ފާހަގަކޮށްލަން ޖެހެއެވެ.

މިގޮތުން، މި ބޭންކްގެ ސީއީއޯ އަކީ ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންސްފްރާސްޓްރަކްޗާ ފަންޑުގެ ޗީފް އިންވެސްޓްމެންޓް އޮފިސަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ބޭފުޅާއެވެ. އަދި އެބޭފުޅާ ވަނީ 2013 އިން 2016 އަށް އިނގިރޭސި ވިލާތުގެ ޔޫކޭ ގްރީން އިންވެސްޓްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

މީގެ އިތުރުންވެސް، އޮކްސްފޯޑު ޔުނިވާސިޓީން މާލީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އަކީ ސްޓާލިން ވޯޓަފޯޑް ސެކިއުރިޓީސްގެ ސީއީއޯގެ މަގާމު 2004 އިން 2013 ވަނަ އަހަރަށް އަދާކުރައްވައިފައިވާ ފަރާތެކެވެ.

ހަމައެއާއިއެކު، މި ބޭންކް ގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރެއްވި ގުނެތިލަކަ އަކީ ފައިނޭންޝަލް ސެކްޓަރުގައި 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އެންމެ ފަހުން ލަންކާގެ ހެޓަން ނެޝަނަލް ބޭންކްގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ގުނެތިލަކަ ވަނީ 2016 އިން 2021 ގެ ނިޔަލަށްލަންކާގެ ޕީޕަލްސް ބޭންކްގެ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގެ މަގާމާއި، ސިންގަޕޫރުގެ ސްޓޭންޑަޑް ޗާޓަޑް ބޭންކްގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މި ދެބޭފުޅުންނާއި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވިއިރު، އެކަމާއި ގުޅިގެން އެމަނިކުފާނު ވިދާޅުވީ، ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ވާނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓުތައް ހެދުމަށާއި، ހައުސިން މާކެޓާއި އެނޫންވެސް އެހެނިހެން ދާއިރާތަކުން ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ހަބަކަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ބޭންކު ގާއިމުކުރެވި، ދުނިޔޭގެ އެކި ތަންތަނުގައި ވަރަށް ތަޖުރިބާކާރު ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބޭފުޅެއް ސީއީއޯއަކަށް ވެސް ހަމަޖެހިފަ ހުރީ، ޗެއާމަނަކަށް ވެސް ހަމަޖެހިފަ މިވަނީ، އަޅުގަނޑު އެބޭފުޅުންނާ ބައްދަލުކޮށްލަން މިދަނީ،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އެ ބޭންކަށް ތިން މެމްބަރުން ވެސް މިހާރު ވަނީ އައްޔަން ކުރައްވައިފައެވެ. އެއީ؛

އަހުމަދު އަލީ، މއ. ވޭސައިޑް 805 ފްލެޓް

ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު، ސިންގަޕޫރު

ރޮބާޓް ޑެނިއެލް ކާންޓް، ޔުނައިޓެޑް ކިންގްޑަމް

ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޑިވެލްޕްމަންޓް ބޭންކެއް އުފައްދާފައި ވަނީ މޭ މަހުގެ 16 ވަނަ ދުވަހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ