ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Aug 2024 | 07:21
އަޒުމަކަށްވާންވީ ގޮތް ހުސްވެގެން މައިދާން ދޫކޮށްލާ މީހަކަށް ނުވާނަމޭ: ރައީސް ޑރ.މުޢިއްޒު

ގޮތް ހުސްވެގެން މައިދާން ދޫކޮށްފައިދާ މީހަކަށް ނުވުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، މަޖީދިއްޔާ ސްކޫލްގެ "ސައްތަވީ ބިނާ" އިފްތިތާޙްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ކޮންމެ މީހެއްގެ ހަނދާނުގައިވެސް ބަހައްޓަންވީކަމަކީ، ހިންމަތާއި ވަރުގަދަ ޢަޒުމެއްގައި ކުރާ ކޮންމެ މަސައްކަތެއް ކާމިޔާބުވާނެކަންކަމަށާއި، ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ދަތި އުނދަގޫ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ.

ކޮންމެ މީހެއްގެ ޢަޒުމަކަށްވާންވާނީ އަނެއްމީހާއަށް ނުވަތަ މުޖުތަމަޢަށް ނުވަތަ ޤައުމަށް މަސައްކަތްކުރުމަށްކަމަށާއި، އެގޮތަށް މަސައްކަތްކުރުމުން ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުވާނެކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

"ކޮންމެ މީހެއްގެ ހިތުގައި ބިންވަޅު ނަގާ ޢަޒުމަކަށްވާންވީ މި ޢަޒުމް. ތިމަންނާ ކުރަންއޮތް ކަންކަތައްތަކުގައި ފަހަތަކަށް ނުޖެހޭނަމޭ. ތިމަންނާ ނުވާނަމޭ ގޮތް ހުސްވެގެން މައިދާން ދޫކޮށްލާފަދާ މީހަކަށް. އެއާޚިލާފަށް ކުރިމަތިވާ ހުރިހާ ޗެލެންޖަކަށް ކުރިމަތިލައިގެން ހުރިހާ ހުރަސްތަކެއް ގިރާކުރުމުގެ ޢަޒުމުގައި ކުރިއަށްދާންށޭ ތިމަންނާ މިހުރީ. ވިސްނުން ބަދަލުކޮށްލަންވީ. ކޮންމެ ރައްޔިތަކު ކުރިއަށްދާންއޮތްކަމެއްގައި މިޢަޒުމް ކަނޑައަޅަންވީ. އޭރުން އިރަދަކުރެއްވިއްޔާ ކަންތައްތަކުގައި ކާމިޔަބުވާނެ."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ޑރ.މުޢިއްޒު ވަނީ ކޮންމެ މީހަކުވެސް އެމީހަކަށް މަތިވެފައިވާ ކޮންމެ ކަމެއްގައި، ގާބިލްކަން ތަންދޭ އެންމެ ފުރިހަމައަށް ކުރުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.