ފުލުހުންގެ މައި މަރުކަޒު
ހަބަރު
26 Aug 2024 | 21:01
އިދިކޮޅު ފަރާތްތަކުން ޤާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ޤައުމީ ބޭންކުން ރުފިޔާ ކާޑަށް ޑޮލަރު ނުނެގޭގޮތަށް ނިންމި ނިންމުމާ ދިމާކޮށް، އެދުވަހު އިދިކޮޅު ސިޔާސީ ފަރާތްތަކުން ޤާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނިގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ޤާނޫނާ ހިލާފަށް މަސައްކަތްކޮށްފައިވާތީވެ، އެމައްސަލަ ފުލުހުން ބަލަން ފަށާފައިވާކަމަށެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާޜުގެ މަޝްވަރާ އާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް، ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި ޤައުމުގެ އަމާންކަން ނަގާލުމަށް މަސައްކަތްކޮށްފައިވާކަމަށެވެ.

މިގޮތުން ހަމަ އެވަގުތު ސޯޝަލްމީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާއްމު ހަމަޖެހުން ނަގާލުމަށް ގޮވައި، ޤައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ، މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ޤާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަން ފަށާފައިވާކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ އިއްޔެ ބޭންކް އޮފް މޯލްޑިވްސްއިން ރުފިޔާ ކާޑަށް ޑޮލަރު ދޫނުކުރަން ނިންމީ އެކަން ނުކުރަން ސަރުކާރުން އިލްތިމާސްކޮށްފައިވަނިކޮށެވެ. ބީއެމްއެލުން ފަހުން ވަނީ ނިންމުން ބަދަލުކޮށް ކުރިއެކޭ އެއްގޮތަށް ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ވިސާ ޑެބިޓް ކާޑުން ބޭރުފައިސާގެ މުއާމަލާތް ކުރެވޭގޮތަށް ހަދާފައެވެ. ބީއެމްއެލުން ނިންމުން ބަދަލުކޮށްފައިވަނީ ބޭންކުތަކުގެ ރެގިއުލޭޓަރީ އިދާރާގެ ހައިސިއްޔަތުން އެމްއެމްއޭގެވެސް އިރުޝާދުގެ ދަށުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.