އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
27 Aug 2024 | 17:02
ކްރެޑިޓް ކާޑުން ޑޮލަރުގެ މުޢާމަލާތް ކުރެވޭ މައްސަލައަކީ ކޮންމެވެސް ގޮތެއް ހަދަންޖެހޭ މައްސަލައެއް: ފައްޔާޟު

ކްރެޑިޓް ކާޑުން ޑޮލަރުގެ މުޢާމަލާތް ކުރެވޭ މައްސަލައަކީ “ކޮންމެވެސް ގޮތެއް ހަދަންޖެހޭ ކަމެއް” ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟު ޢިސްމާޢީލް ވިދާޅުވެއްޖެއެވެ. 

ރުފިޔާ ކާޑުން ޑޮލަރުގެ މުޢާމަލާތް ނުކުރެވޭ ގޮތް ހަދައި، ޑޮލަރުގެ މުޢާމަލާތް ކުރެވޭ ލިމިޓް ކުޑަކުރުމަށް ނިންމާފައުވާ ކަމަށް މި މަހުގެ 25 ވަނަ ދުވަހު ބީއެމްއެލްއިން ނިންމިއެވެ.

އެއާއެކު ވަރަށް ގިނަ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެ، ސަރުކާރު ވައްޓާލަފާނެ ކަމުގެ އިންޒާރުވެސް މީސްމީޑިއާގައި ދެމުންދަނިކޮށް، އެދުވަހު މެންދުރު އެމްއެމްއޭގެ އިރުޝާދާއެކު ބީއެމްއެލް އިން ވަނީ އެނިންމުން އަނބުރާ ގެންގޮސްފައެވެ.

ނަމަވެސް ބީއެމްއެލްގެ އެ ނިންމުމާއެކު ބަޣާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާ ކަމަށް އެ އިދާރާއިން ރޭ ވަނީ ބުނެފައެވެ.

އެގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެ ބައްދަލުވުން ބޭއްވި އެ ވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއު އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދައިފައިވާތީ، އެކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރި ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބަޔާނުގައިވެއެވެ.

އެހެން ކަމުން، އެ މައްސަލަ ފުލުހުންގެ ފަރާތުން ތަހުގީގުކުރަން ފެށީ ކަމަށް ބަޔާނުގައިވެއެވެ.

އެފަދަ ތުހުމަތު ތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއި މަސްވެރިކަމާއިބެހޭ ވަޒީރު އަހުމަދު ޝިޔާމްވެސް ވަނީ ރޭގެ ޕީއެންސީ ޖަގަހަ ޖަލްސާގައި އެމްޑީޕީއަށް ކުރައްވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ

އެވާހަކަތަކަލާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ބީއެމްއެލްގެ އެ ނިންމެވުމަކީ އެމްޑީޕީއާއި މަޝްވަރާ ކޮށްގެން ނިންމި ނިންމުމެއް ނޫން ކަމަށާ އެ ބޭންކުގެ ބޯޑުގައި ތިއްބެވީ “ ކޮންބައެއްކަންވެސް ނޭނގޭ” ކަމަށެވެ. 

އަދި ޑޮލަރުގެ މައްސަލައާއި ގުޅޭ ބޭންކުގެ ބޯޑުން ހޮނިހިރު ދުވަހު އެ ނިންމި ނިންމުމަށްފަހު، އެ ރޭ، އެ ބޯޑުގެ ޗެއަރޕާސަން އާއިޝަތު ނޫރައްދީން މަގާމުން ވަކި ކުރުމުން އެކަމާއި ގުޅުވައި ޓުވީޓެއް ކުރެއްވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

“އެހެން ނަމަވެސް، އޮ ޑޮލަރާބެހޭ ވާހަކައެއްވެސް އަޅުގަނޑަށް ހިޔެއް ނުވޭ މިނިސްޓަރ އަމީރު ދެއްކެވި ހެންނެއް. އެއަށްވެސް ޖަވާބުދިނީ އަޅުގަނޑުމެން ޓުވިޓަރ ގައި. ޓުވިޓަރ ގައި އަޅުގަނޑު ޖަވާބު ދިނިން ވިސްނާލިންތޯ މިވަރުގެ ކުއްލި ބަދަލެއް ގެންނަން…”ފައްޔާޒު ވިދާޅުވުއެވެ. 

އަޅުގަނޑަށްވެސް އެނގޭ، އެއަށް ގޮތްތަކެއް ހަދަންޖެހޭ ކަމެއް އެއީ. އެހެން ނަމަވެސް އޯވަރ ނައިޓް ކުރާވަރުގެ ކަމެއްނޫން އެއީ. ކުއްލިއަކަށް މިއަދު މި ނިންމަނީ މާދަމާއިން ފެށިގެން ކްރެޑިޓްކާޑުގަ ޑޮލަރު ބޭނުމެއް ނުކުރެވޭނެއޭ. އޭރު،  ކިޔަވަންގޮސް ކުދިން އެބަތިބި، ބޭސްފަރުވާއަށްގޮސް އެބަތިބި، ވެބްސައިޓް ތަކަށް ސޮފްޓްވެއަރ ތަކަށް މަންތުލީ ޕޭމަންޓް ދޭންޖެހޭ. އެއަށް މީހުންނަށް ވަގުތު ދޭންޖެހޭނެތާ؟ އެއަށްހައްލެއް. 

ފައްޔާޒު އިސްމާޢީލް

ފައްޔާޒު ވިދާޅުވީ ބީއެމްއެލްގެ ނިންމުމާގުޅިގެން އެއިން ނުކުންނާނެ ނަތީޖާ މެދު ވިސްނުމަށް އެދި ކުރެއްވި ޓުވީޓް ފިޔަވައި އިތުރު ޓުވީޓެއް ނުކުރައްވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.