ހަނދުވަރީ ހިނގުމުގައި ހުންނަ ޢީދު މިސްކިތް
ހަބަރު
28 Aug 2024 | 08:32
އެންމެގިނައިން ފަންކާ ވަގަށް ނެގުމުގެ ރެކޯޑް، ޢީދު މިސްކިތުން؟

މާލޭގެ ހަނދުވަރީ ހިނގުމުގައި ހުންނަ ޢީދު މިސްކިތަކީ މިހާރު މާލޭގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ގިނަދުވަސްވީ އެއް މިސްކިތެވެ. ޢީދު މިސްކިތް ފާހަގަކުރެވިފައިވަނީ އެއް ޒަމާނެއްގައި ދިވެހިން ޢީދު ނަމާދުކުރުމަށް އެންމެންގޮސް އުޅޭ މިސްކިތުގެ ގޮތުގައެވެ. ޢީދު މިސްކިތަށް މިހާރު 190 އަހަރުވާނޭކަމަށް ބެލެވޭކަމަށް އިހުގެ ދިވެހި ލިޔުއްވުންތައް ގެނެސްދޭ ބޭފުޅުންގެ ލިޔުންތަކަށް ބަލާލުމުން އެނގެއެވެ. ޢީދު މިސްކިތް ބިނާކުރެވިގެން ދިޔައީ އަލް ސުލްތާން މުހައްމަދު މުއިން އިސްކަންދަރު ކަޅު ސުއްދު ކައްތިރި ބަވަނަ މަހާރަދުންގެ ދުވަސްވަރެވެ.

މާލޭގައި މިސްކިތްތަކުން ވައްކަންކުރުން އިތުރުވެފައިވާއިރު، ޢީދު މިސްކިތަކީ ވަގުންގެ އުނދަގޫ އެންމެބޮޑުވެފައިވާ އެއް މިސްކިތެވެ. ޢީދު މިސްކިތުގައި ހުންނަ ފަންކާތަކާއި، ބޮކިތަކުގެ އިތުރުން ސައުންޑްސިސްޓަމް ވަގަށްނެގުން ފަދަ ކަންކަން މީގެކުރިން އެތައްފަހަރަކު ކޮށްފައި އެބަހުއްޓެވެ. 

ވަގުންގެ އުނދަގޫ ބޮޑުވުމުން މާލެސިޓީ ކައުންސިލުން ވަނީ ޢީދު މިސްކިތުގައި ކެމެރާވެސް ހަރުކޮށްފައެވެ. އެހެންނަމަވެސް މިސްކިތުން ވައްކަންކުރުމުގެ މުޑުދާރު އަމަލެއް ނުހުއްޓެއެވެ.

އެންމެފަހުން ރޭ ދަންވަރު އޮފީސްތައްވެސް ބަންދު، އަދި މީހުންވެސް ނިދާފައިތިއްބާ މާލެސިޓީކައުސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އީދު މިސްކިތް މަރާމާތަށް ބަނދުކޮށްފައި ވަނިކޮށް ރޭ އިރުއޮއްސި ހަޔަކާއި ރޭގަނޑު ދިހައަކާ ދެމެދުގެ  ވަގުތެއްގައި މިސްކިތުން އަނެއްކާވެސް ވައްކަންކޮށްފައިވާކަމަށެވެ. މިފަހަރުވެސް މިސްކިތުން ގިނަ އަދަދެއްގެ ބޮތްކާއި ފަންކާ ވަގަށް ނަގާފައިވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މިގޮތުން 13 ބޮތްކާއި 8 ފަންކާ ވަނީ ވަގަށް ނަގާފައެވެ.

މާލެސިޓީ ކައުންސިލުން ބުނީ ޢީދު މިސްކިތުން ވައްކަންކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.

މީގެ ކުރިން ޢީދު މިސްކިތުން އެތައް ފަހަރަކު ވަނީ ވައްކަންކޮށްފައެވެ. މީގޮތުން މިއަހަރުގެ ޖޫންމަހުގެ ޢީދު މިސްކިތުން ކުރި ވައްކަންތަކުން އެކަނިވެސް ވަނީ 10 ފަންކާ ވަގަށް ގެންގޮސްފައެވެ. މީގެ އިތުރުން އެކި ފަހަރުމަތިން ބޮކިތަކާއި ބައެއްކަހަލަ ކޭބަލްތައްވެސް ވަގަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. 

މާލެ ސިޓީކައުންސިލުން ވަނީ މިފަދަ މައްސަލަ ތަކުގެ ވީޑިއޯތައްވެސް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެވެ. ނަމަވެސް މިސްކިތުން ވައްކަންކުރުން ހުއްޓުމަކަށް ނާދެއެވެ. މިސްކިތްތަކުން ވައްކަންކުރުން ގިނަވެފައިވާތީވެ ގިނަ މިސްކިތްތަކުގައި ސައުންޑް ސިސްޓަމްތަކާއި މައިކުތައް ބަހައްޓަނީ ތަޅުލާފައި ހުންނަ ވަތްގަނޑަށް ލައިގެންކަން ފާހަގަކޮށްލެވެއެވެ.

މިސްކިތްތަކަކީ މި ބިމުގައިވާ މާތްﷲ ގެ ގެކޮޅެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.