5 އަހަރުން 5 ލައްކަ ގަސް އިންދުމުގެ ޕްރޮޖެކްޓުގެ ތެރެއިން ގަސް އިންދަނީ:ފޮޓޯ/ސްޓެލްކޯ
ހަބަރު
28 Aug 2024 | 10:10
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން 21,000 ގަސް އިންދައިފި!

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވާފައިވާ '5 އަހަރުން 5 މިލިއަން ގަސް' ޕްރޮގްރާމްގައި ބައިވެރިވެ، 5 އަހަރު ތެރޭގައި 5 ލައްކަ ގަސް އިންދުމުގެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަގެ މައުލޫމާތު ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ މިހާތަނަށް ސްޓެލްކޯއިން ހިދުމަތްދޭ އެހެން ރައްރަށުގައި 21،007 ގަސް އިދިފައިވާކަމަށެވެ.

ސްޓެލްކޯއިން 5 އަހަރުން 5 ލައްކަގަސް އިންދުމަށް ވަނީ ވައުދުވެފައެވެ. އެގޮތުން 5 ލައްކަގަސް އިންދުމުގެ މަސައްކަތް އިފްތިތާހު ކުރީ ކ.ތުލުސްދޫގައެވެ. 

އެފަހުން 12 ޖޫން 2024 ގައި ކ.ދިއްފުށީ އައު އިޖީނުގޭގެ ކޮންޓްރެކްޓަރާއި ހަވާލުކުރުމާއި އިންޖީނުގޭގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް 1000 ގަސް ވަނީ އިންދާފައެވެ.

އަދި މީގެ އިތުރުން 26 ޖޫން 2024 ވަނަ ދުވަހު ސްޓެލްކޯގެ ހުދުމަތްދޭ އެކި ރަށްރަށުގައި ކުރިއަށްގެންދިޔަ ގަސްއިންދުމުގެ ހަރަކާތްތަކުގެ ތެރެއިން 8364 އިންދާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

5 އަހަރުން 5 ލައްކަ ގަސް އިންދުމިގެ ޕްރޮޖެކްޓުގެ ތެރެއިން ކުރިއަށް އޮތްތާންގައި ސްޓެލްކޯގެ ހިދުމަތަދޭ ރަށްރަށުގައި ކޮންމެ މަހަކު ގަސް އިންދުމުގެ ހަރަކާތްކުރިއަށް ގެނަދާބޭ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް