މޯބއިލް އެޕް މެދުވެރިކޮށް މީހަކު އިންޓަރނެޓް ބޭންކިންގެ ހިދުމަތް ހޯދަނީ...
ހަބަރު
28 Aug 2024 | 15:56
ބީއެމްއެލަށް ނޭނގި އަނެއްކާވެސް ފައިސާތަކެއް އިތުރަށް ޖަމާކުރެވިއްޖެ

ބޭންކް އޮފް މޯލްޑިވްސްއަށް އޮޅިގެން އަނެއްކާވެސް ބައެއްގެ އެކައުންޓަށް އިތުރަށް ފައިސާތަކެއް ޖަމާކޮށްފިއެވެ.

ބީއެމްއެލަށް މިފަހަރު މި މައްސަލަ ދިމާވީ އުމުރުން 65 އަހަރުން މަތީ މީހުންގެ އެކައުންޓަށް ޕެންޝަން ފައިސާ ޖަމާކުރުމުގެ ތެރެއިންނެވެ. އެގޮތުން ބައެއް މީހުންގެ އެކައުންޓަށް ވަނީ ޖަމާކުރަންޖެހޭ އަދަދުގެ ތިން ގުނަ ޖަމާކޮށްފައެވެ. 

މިގޮތުން އާއްމުކޮށް 5،000 ރުފިޔާ ޖަމާކުރަންޖެހޭ މީހުންގެ އެކަންޓްތަކަށް ވަނީ 15،000 ރުފިޔާގެ މަގުން ފައިސާ ޖަމާކޮށްފައެވެ. މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޭންކަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އެހެންކަމުން ޕެންޝަނަރުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ ކަންކަން ކުރިއަށްގެންދަނީ ބޭންކުން ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. މި ފަހަކުންވެސް ބީއެމްއެލްގެ ބައެއް އެކައުންޓްތަކަށް ވަނީ ބިލިއަނުން ފައިސާ ޖަމާވެފައެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބީއެމްއެލުން ވަނީ ޖަމާކުރި އަދަދު އަލުން އަނބުރާ އިއާދަކޮށްފައެވެ. 

މިކަމާ ގުޅޭގޮތުން ޤައުމީ ބޭންކުން އޭރު ބުނެފައިވަނީ އިތުރަށް ފައިސާ ޖަމާކުރެވުނީ މުއައްޒަފެއްގެ މައްސަލައަކުންކަމަށް ބުނެފައެވެ. 

ބީއެމްއެލްގެ ބައެއްގެ އެކައުންޓްތަކަށް އޮޅިގެން އިތުރަށް ފައިސާ ޖަމާވުމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، މިދުވަސްވަރަކީ ޤައުމީ ބޭންކަށް ގޮންޖެހުންތައް ބޮޑު ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
އިއްބެ
މިހައިދައްފެންވަރަށްމިކަންކުރެވޭމީހުން ބެންކުންވަކިކުރަންޖެހޭ މިކަންޢާދައަކަށްވެއްޖެނަމަ ވަރަށްބޮޑެތިގެއްލުންލިބިދާނެ
28 Aug 2024
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.