އެސްޓިއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު
ހަބަރު
28 Aug 2024 | 16:43
އެސްޓީއޯ ދަށަށް ފެނަކަ އައުމުން ލިބޭނެ ގެއްލުމެއްނެތް: ޝިމާދު

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމުން ލިބޭނެ ގެއްލުމެއް ނެތްކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމަށް ނިންމާފައެވެ. ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެބޮޑު ދަރަންޏެއް އޮތް ކުންފުންޏެވެ. އަދި ފެނަކައަކީ އެސްޓިއޯއަށް އެންމެބޮޑަށް ދަރާއޮތް އެއް ކުންފުންޏެވެ.

އެސްޓީއޯ ދަށުން ހިންގާ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމާ ގުޅިގެން އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، ފެނަކަ އަކީ އެސްޓީއޯއަށް މާލީގޮތުން ހުރި ބުރައަކަށް ނުވާނޭކަމަށެވެ. މީގެ ކުރިން ސަރުކާރުން ވަނީ މިފްކޯވެސް އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައެވެ. އޭގެ ސަބަބުން އެސްޓީއޯއަށް މާލީގޮތުން ގޮންޖެހުންތަކާ ދިމާވިއެވެ.

ޝިމާދު ވިދާޅުވީ ވިޔަފާރީގެ ގޮތުން މިފްކޯ އާއި ފެނަކަ އަކީ ވަރަށް ތަފާތު ދެ ކުންފުންޏެއް ކަމަށެވެ. މިގޮތުން މިފްކޯއަކީ މަހުގެ ވިޔަފާރިކުރާ ކުންފުންޏެއްކަން ފާހަގަކުރައްވަމުން ޝިމާދު ވިދާޅުވީ އެއީ އެސްޓީއޯއިން ކުރަމުން އަންނަ ވިޔަފާރިއާ ތަފާތު ކަމެއް ކަމަށެވެ. ފެނަކަ އަކީ އެސްޓީއޯ އާ ވަރަށް ގުޅުންހުރި ކުންފުންޏެއްކަން ފާހަގަކުރައްވަމުން ޝިމާދު ވިދާޅުވީ ރައްޖެއަށް އެންމެގިނައިން ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތަކުގެ ތެރެއިން ޑީސަލް އެންމެގިނައިން ބޭނުންކުރާ އެއް ކުންފުންޏަކީ ފެނަކަ ކަމަށެވެ. އެހެންކަމުން ދެކުންފުނީގެ ވިޔަފާރިއަށް ބަލައި ފެނަކައަކީ މާލީގޮތުން އެސްޓީއޯއަށް ބުރައަކަށް ނުވާނޭކަމަސް ޝިމާދު ފާހަގަކުރެއްވިއެވެ.

ޝިމާދު ވިދާޅުވީ ފެނަކައިގައި ދަރަނި އޮތްނަމަވެސް ޕްލޭނަކާއެކު އެކަން ހަމަޔަކަށް އެޅުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެސްޓީއޯގައިވާ ފެނަކައިގެ ދަރަނި ބޮޑުވެގެންދިޔައީ މީގެކުރިން ބިލްތައް ދައްކަމުން އައިސް އެކަން ހުއްޓާލުމުންކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.

ކުރިންސުރެ އެބަހުރި އެކިއުމުލޭޓެޑް ދަރަނިތަކެއް. އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ އެސްޓީއޯދަށަށް ފެނަކަ ބަދަލުކުރެވިގެން ފެނަކައަށް މި އންނަ އެފިޝިއަންސިއާ ރެޑިއުސްވާ ކޮސްޓުން އަޅުގަނޑުމެނަށް ދަރަނީގެ ބޮޑުބައި ދިގު ރާސްތާއެއްގައި ރިކަވާ ކުރެވޭނޭކަމަށް.

ޝިމާދު ވިދާޅުވިއެވެ.

ޝިމާދު ވިދާޅުވީ އެންމެ ފުރަތަމަ ފެނަކަ ހިންގަމުން އައީ ރަނގަޅަށް ކަމަށާއި، ހިންގުމުގެ އޮނިގަނޑުވެސް ރަނގަޅުކަން ފާހަގަކުރެވޭ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު ރަޝީދު ވިދާޅުވީ، އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުވެގެން ދިއުމުން ފައިދާތަކެއް ލިބޭނޭ ކަމަށެވެ. މިގޮތުން އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އިންވެސްޓަމަންޓުތައް ކުރެވިގެންދާނޭ ކަމަށެވެ. ފެނަކައިން ކަރަންޓްގެ ހިދުމަތްތައް ދިނުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުން އެކުންފުނިން ތެލަށް ކުރަމުން އަންނަ ހަރަދުތައް އެތައް ތަނަކުން ކުޑަވެގެންދާނޭކަން މުއާޒު ވަނީ ފާހަގަކުރައްވާފައެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެކުންފުންޏަށް އެންމެބޮޑަށް ދަރާއޮތީ، ފެނަކަ އެވެ. މިދިޔަ އަހަރު ނިމުނުއިރު، އެސްޓީއޯގައިވާ ފެނަކައިގެ ދަރަނި އުޅެނީ 1.9 ބިލިއަން ރުފިޔާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.